އެމެރިކާއިން ނަގާ ޓެރިފްގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

Advertisement

އެންމެ ފަސް

Advertisement

އެމެރިކާއިން ނަގާ ޓެރިފްގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވެއްޖެ އެވެ.

އެގޮތުން ބްރެންޓް ފިއުޗަރސްގެ އަގު 81 ސެންޓް ނުވަތަ 1.26% އިތުރުވެ ތެޔޮފީފާއެއް 65.02 ޑޮލަރަށް އަރާފައިވެއެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް ކްރޫޑް ފިއުޗަރސްގެ އަގު 92 ސެންޓް ނުވަތަ 1.52% އިތުރުވެ ތެޔޮފީފާއެއް 61.61 ޑޮލަރަށް އަރާފައިވެއެވެ.

ހޯމަ ދުވަހު ތެލުގެ އަގު 2% އަށް ދަށްވެ، 4 އަހަރުގެ ތެރޭގައި އެންމެ ދަށް އަގާ ގާތްކުރިއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އައު ވިޔަފާރި ޓެރިފްތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދުތައް މަޑުޖެހި، ހަކަތައަށް އޮތް ޑިމާންޑް ދަށްވެދާނެކަމުގެ ބިރުވެރިކަމުގެ ސަބަބުން ދަށްވި ދަށްވުމެކެވެ. ނަމަވެސް މާކެޓްތަކުން ލަފާކުރަނީ ތެލުގެ އަގު ދަށަށް ދާ މިންވަރު މަޑުޖެހިދާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާއަށް އިމްޕޯޓްކުރާ ހުރިހާ މުދަލަކަށް މަދުވެގެން 10% އަދި ވަކި މުދާތަކަށް 50% އާ ހަމައަށް ޓެރިފް ނެގުމުން، ވޭތުވެދިޔަ އެތައް އަހަރެއްގައި ވިޔަފާރި ލިބަރަލައިޒް ކުރުމުގެ ސަބަބުން ދަށަށް ގޮސްފައިވާ އެމެރިކާގެ އިންޑަސްޓްރިއަލް ބޭސް އަލުން ދިރުވައިލެވޭނެ ކަމަށެވެ.

ގިނަ ގައުމުތަކުން މި ޓެރިފްތަކުން އިސްތިސްނާވުމަށް ނުވަތަ ޓެރިފްތައް ކުޑަކުރުމަށް މަސައްކަތްކުރަމުންދާއިރު، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމުގައިވާ ޗައިނާ ފަދަ ބައެއް ގައުމުތަކުން ވަނީ ރައްދުގައި އެ ގައުމުން ވެސް ޓެރިފްތައް ނަގާނެކަން އިއުލާނުކޮށްފައެވެ.

ޓްރަމްޕް ބުނެފައިވަނީ ޗައިނާއިން އެ ގައުމުގެ ފިޔަވަޅުތައް އަނބުރާ ނުގެންގޮސްފިނަމަ އިތުރު ޓެރިފްތައް ތައާރަފުކުރާނެ ކަމަށެވެ.
ތެލުގެ އަގަށް އަންނަ ބަދަލުތަކުން އަންގައިދެނީ ދުނިޔޭގެ އިގްތިސާދަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމެވެ. ޚާއްޞަކޮށް ރާއްޖެ ފަދަ ތެޔޮ އިމްޕޯޓްކުރާ ކުދި ޖަޒީރާ ޤައުމުތަކަށް މީގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.

އެމެރިކާގެ ޓެރިފްތަކުގެ ސަބަބުން ތެލަށް އޮތް ޑިމާންޑް ދަށްވެ، ދުނިޔޭގެ އިގްތިސާދު ފަހަތަށް ޖެހިދާނެކަމުގެ ބިރާ ހެދި ވޭތުވެދިޔަ ދުވަސްތަކުގައި ތެލުގެ އަގު ބޮޑުތަނުން ދަށަށް ދިޔުމަށްފަހު އަނެއްކާ ވެސް ވަނީ މައްޗަށް ގޮސްފައެވެ.

 

އެމެރިކާ ޓްރަމްޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ