ގައްޒާއަށް އަނެއްކާވެސް ބޮންއެޅުން ފަށައި، 330 އަކަށްވުރެ ގިނަ މަރު

Advertisement

އެންމެ ފަސް

Advertisement

ދެމަސްދުވަހުގެ ހަނގުރާމަ ހުއްޓުމަކަށްފަހު، އިސްރާއީލުން ގައްޒާއަށް އަލުން ހަމަލާދޭން ފަށައި، މަދުވެގެން 330 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެ އެވެ.

މި ޝަހީދުންގެ ތެރޭގައި ކުޑަކުދިންނާއި، އަންހެނުންނާއި އަދި ދުވަސްވީ މީހުން ހިމެނެ އެވެ.

އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތައް އަމާޒުވެފައިވަނީ މީހުން ގިނައިން ދިރިއުޅޭ ގައްޒާ ސިޓީއާއި ހާން ޔޫނިސްގެ ސަރަހައްދުތަކަށެވެ. މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ނުހަނު ބޮޑު ބުރައެއް ކުރިމަތިވެފައިވެ އެވެ.

ހަމާސްގެ ބެލުމުގެ ދަށުގައިވާ ހެލްތު މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި، ސަތޭކައަކަށް މީހުން ޒަހަމްވެފައިވާއިރު، މެޑިކަލް ވަސީލަތްތައް މަދުވަމުންދިއުމާއެކު، ސިއްހީ މަރުކަޒުތަކަށް ބަލިމީހުންނަށް ފަރުވާދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

މި ހަމަލާތައް ދިންއިރު، އިސްރޭއީލުން ވަނީ ޢާއްޒާގެ ރައްޔިތުންނަށް އެހީ ހިފައިގެން ދަތުރުކުރާ ޓްރަކްތަކަށްވެސް ހުރަސްއަޅާ، ހުރިހާ އެހީވެސް ހުއްޓުވާލައިފަ އެވެ. އޭގެއިތުރުން އިސްރޭއީލު ސަރުކާރުން ވަނީ އާދިއްތަ ދުވަހު އާއްޒާއިން ކަރަންޓްވެސް ކަނޑާލާފަ އެވެ.

މި ހަމަލާތައް އައިސްފައިވަނީ އެމެރިކާގެ ވެރިކަމާއި ޑޮނަލްޑް ޓްރަމްޕް ހަވާލުވުމާއެކު، އިސްރޭއީލްގެ ސަރުކާރަށް ލިބުނު ބޮޑު ހިތްވަރުގެ ސަބަބުންކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އަދި ޢާއްޒާގެ 330 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލަން ހަމަލާދިނުމުގެ ކުރިން، އިސްރޭއީލްގެ ހަމަލާތަކަށް އެމެރިކާއިން ހުއްދަދީ، އެ ހަމަލާތަކަށް ވާގިވެރިވާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށް ރޮއިޓާސް އިންވެސް ރިޕޯޓްކޮށްފައިވެ އެވެ.

މި ހަމަލާތަކާއެކު، ހަނގުރާމަ ހުއްޓާލުމަށް ވެވުުނު އެއްބަސްވުން ނިމުމަކަށް އައިސް، ދިފާއުގައި ހަމާސްއިންވެސް ހަމަލާތައްދޭން ފަށާނެކަމަށް ބެލެެވެ އެވެ. ނަމަވެސް ހަމަސާއިން އަދި ރަސްމީކޮށް، ބަޔާނެއް ނެރިފައިވާނުވާއިރު، ހަމަލާތައް މެދުކަނޑާލުމުގެ މެދުވެރިންގެ ރޯލްއަދާކުރި ޤަތަރު އަދި މިސްރު ސަރުކާރުން ވަނީ އިސްރޭއީލުގެ ހަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލާފަ އެވެ.

 

ހަމާސް އިޒްރޭލް ގައްޒާ ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ