ސިންގަޕޫރުގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ކޮންމެ ރައްޔިތަކަށް 600 ޑޮލަރު

Advertisement

އެންމެ ފަސް

Advertisement

ސިންގަޕޫރުގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ސަރުކާރުން ރައްޔިތުންނަށް ޚާއްޞަ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމައިފި އެވެ. މި ނިންމުމުގެ ދަށުން، 21 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 600 ސިންގަޕޫރު ޑޮލަރުގެ ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގު ޤައުމީ ބަޖެޓު ހުށަހެޅުއްވުމުގެ ތެރޭގައި ވިދާޅުވި ގޮތުގައި، ”މި އަހަރުގެ ޖުލައި މަހުން ފެށިގެން މި ވައުޗަރުތައް ރައްޔިތުންގެ އެކައުންޓުތަކަށް ޖަމާކުރެވޭނެ“ އެވެ. މި ޕްރޮގްރާމަށް ދެ ބިލިއަނަށްވުރެ ގިނަ ސިންގަޕޫރު ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ވައުޗަރުތައް ދޫކުރެވޭނީ އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އެގޮތުން 21 އަހަރާއި 59 އަހަރާ ދެމެދުގެ ރައްޔިތުންނަށް 600 ސިންގަޕޫރު ޑޮލަރުގެ ވައުޗަރެއް ލިބިދެވޭއިރު، 59 އަހަރުން މަތީގެ ރައްޔިތުންނަށް 800 ސިންގަޕޫރު ޑޮލަރުގެ ވައުޗަރެއް ލިބިދެވޭނެ އެވެ.

ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ އަދި މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރަށް މިނިވަންކަން ލިބިފައިވަނީ 1965 ވަނަ އަހަރުގެ އޯގަސްޓު 9 ވަނަ ދުވަހު އެވެ. މި އަހަރަކީ އެ ޤައުމުގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރާ އަހަރެވެ. މި ތާރީޚީ މުނާސަބަތާ ގުޅިގެން ދެވޭ މި މާލީ އެހީތެރިކަމަކީ ރައްޔިތުންގެ ދިރިއުޅުމަށް ލުޔެއް ގެނެސްދޭނެ ކަމެއް ކަމުގައި ސަރުކާރުން ބަޔާންކޮށްފައިވެ އެވެ.

ސިންގަޕޫރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ