ސިންގަޕޫރްގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމާނިއަމް އިސްވަރަންގެ މައްޗަށް 1 އަހަރުުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި އިސްވަރަން ވަނީ މިިދިޔަ ހަފްތާގައި ބޭއްވި އަޑުއެހުމެއްގައި ރިޝްވަތުގެ 4 ދައުވާއާއި އިންސާފަށް ހުރަސް އެޅުމުގެ ދައުވާގެ ކުށްތަކަށް އިއުތިރާފްވެވަޑައިގެންފަ އެވެ. ނަމަވެސް، މީގެ ކުރިން އިސްވަރަން ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވާފަ އެވެ.
މީގެ ކުރިން ދައުލަތުގެ ވަކީލުން ވަނީ މި މައްސަލައިގައި އިސްވަރަންގެ މައްޗަށް ގިނަވެގެން 7 މަހުގެ ޖަލު ހުކުމެއް އިއްވަން ވިސްނާފަ އެވެ. ނަަމަވެސް، އާންމުންގެ ނުރުހުންވުމާއި ގުޅިގެން ދައުލަތުން ވަނީ އޭނާގެ މައްޗަށް އިއްވާ ޖަލު ހުކުމްގެ މުއްދަތު އިތުރު ކުރަން ނިންމާފަ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕަރސެޕްޝަންސް އިންޑެކްސް އިން ދައްކާ ގޮތުގައި މިދިޔަ އަހަރު ދުނިޔޭގެ އެންމެ ކޮރަޕްޝަން މަދު ފަސް ގައުމުގެ ތެރޭގައި ސިންގަޕޫރް ހިމެނެ އެވެ. އެހެންކަމުން، އިސްވަރަންގެ މި މައްސަލައާއި ގުޅިގެން ސިންގަޕޫރްގެ އާންމުންނަށް ހައިރާންކަމެއް ލިބިގެން ދިޔަ އެވެ.
ބީބީސީ އިން ބުނީ އިސްވަރަން، 62 ގެ މައްޗަށް އެންމެ ފުރަތަމަ ދައުލަތުން ކޮށްފައިވަނީ ކޮރަޕްޝަންގެ ތުހުމަތު ކަމަށެވެެ. އެކަމަކު ޕީޖީން މި ދައުވާތަކަށް އިސްލާހު ގެނައީ އަންގާރަ ދުވަހު އޭނާގެ ޝަރީއަތް ފެށުނު ކަމަށް ބެލެވޭ ވަގުތުގަ އެވެ.
ހަދިޔާ ނުވަތަ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއަކަށް އިސްވަރަން މިހާރު ދެ އަހަރަށް ޖަލަށް ލާ ގޮތަށް ކަނޑައަޅާފައި ވެއެވެ. ކޮރަޕްޝަންގެ ކުށް ސާބިތުވުމުން 100،000 ޑޮލަރުގެ ޖޫރިމަނާ ނުވަތަ ހަތް އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވޭނެ ކަމަށް ބީބީސީ އިން ބުނެފައި ވެއެވެ.
އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ފޯމިއުލާ 1 ގްރޭންޑް ޕްރި ސިންގަޕޫރަށް ގެނައި މިނިސްޓަރުގެ ގޮތުގަ އެވެ. ޗާޖް ޝީޓްތަކުން ދައްކާ ގޮތުގައި އޭނާއަށް ވަނީ 403،000 ސިންގަޕޫރު ޑޮލަރު (311،882 ޑޮލަރު؛ 234،586 ޕައުންޑް) އަށް ވުރެ ގިނަ އަގުހުރި ފްލައިޓްތަކާއި ހޮޓަލުގައި މަޑުކުރުމާއި މިއުޒިކަލްސް އަދި ގްރޭންޑް ޕްރި ޓިކެޓް ހަދިޔާކޮށްފަ އެވެ. ޖެނުއަރީ މަހު ދައުވާ އުފުލިތާ މާގިނައިރުތަކެއް ނުވެ އިސްވަރަން ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވާ، ސަރުކާރުގެ މަގާމުން ވަކިވެވަޑައިގެންފަ އެވެ. އޭނާއަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވެނީ މަޝްހޫރު ވިޔަފާރިވެރިޔާ އޮންގް ބެންގް ސެންގެ މައްޗަށެވެ.
ސިންގަޕޫރު ގްރޭންޑް ޕްރިގެ ރައިޓްސް އޮންގް އަށް ލިބިފައިވާއިރު، އިސްވަރަން އަކީ ރޭހުގެ ސްޓިއަރިން ކޮމިޓީގެ އެޑްވައިޒަރެވެ.
އޮންގް މިދިޔަ އަހަރު އިސްވަރަންއާ އެކު ހައްޔަރު ކުރި ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ކުށެއްގެ ދައުވާއެއް އުފުލާފައެއް ނުވެ އެވެ. އިސްވަރަންގެ ޝަރީއަތުގައި އޭނާ އެންމެ ފުރަތަމަ ޝަރީއަތަށް ހާޒިރުވާން ޖެހުނީ ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގަ އެވެ.
މިއަހަރުގެ މާޗް މަހު އިސްވަރަންގެ މައްޗަށް އިތުރު 8 ދައުވާއެއް އުފުލާފައި ވެއެވެ. އޭނާ އަށް ބްރޮމްޕްޓަން ސައިކަލަކާއި ގަލްފް ކްލަބް ސެޓެއް އަދި އަގުބޮޑު ބަނގުރާ ފަދަ ތަކެތި އެހެން ފަރާތަކުން ދީފައިވާ ކަމަށް ބީބީސީގެ ރިޕޯޓްގައި ވެއެވެ. އޭނާއަށް އެ އެއްޗެހި ދީފައިވަނީ ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިޔާ ލަމް ކޮކް ސެންގް އެވެ.
ލަމްގެ ކުންފުނިން ސިންގަޕޫރުގެ ސަރުކާރުގެ ގިނަ އަދަދެއްގެ އިންފްރާސްޓްރަކްޗަރގެ މަޝްރޫއުތަކުގައި ހަރަކާތްތެރިވާއިރު، އެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އިސްވަރަން ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރުގަ އެވެ. އެހެނަސް، އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
ސިންގަޕޫރު ސިންގަޕޫރްގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމާނިއަމް އިސްވަރަން