ވަކީލަކަށް ވެގެން ކޯޓު ރޫމްއަށް ވަދެ ގޭންގް ލީޑަރެއް މަރާލައިފި

Advertisement

އެންމެ ފަސް

Advertisement

ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ހަލްފްޓްސްޑޯޕް ކޯޓު ކޮމްޕްލެކްސްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި އެ ގައުމުގެ އަންޑަވޯލްޑް ލީޑަރެއް ކަމަށްވާ ގަނެމުއްލާ ސަންޖީވާ މަރުވެއްޖެ އެވެ.

ފުލުހުންގެ ތަރުޖަމާނު އެސް.އެސް.ޕީ ބުއްދިކަ މަނަތުންގާ ވިދާޅުވި ގޮތުގައި، ވަކީލެއްގެ ގޮތުގައި ހެދުން އަޅައިގެން ސިއްރުން ކޯޓު ރޫމް ތެރެއަށް ވަދެ ސަންޖީވާ އަށް ބަޑިން ހަމަލާދިން މީހާ ވަނީ ފިލައިގެން ގޮސްފަ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި ރިވޯލްވަރު [ބަޑި] ކޯޓު ތެރެއިން ފެނިފައިވާ އިރު، ހަމަލާދިން ފަރާތް ހޯދުމަށް އެކި ފުލުސް ޓީމުތަކުން ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަންޖީވާ އަށް ލިބުނު އަނިޔާތަކާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މިއަދު ހެނދުނު ކޯޓަށް ގެނެވިފައިވަނީ ހިނގަމުންދާ ކޯޓު މައްސަލައަކާ ގުޅިގެން ޝަރީއަތަށް ހާޒިރުކުރުމަށެވެ.

ގަނެމުއްލަ ސަންޖީވާ ހައްޔަރުކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހު ނޭޕާލުން އެނބުރި އައުމަށްފަހު ކަޓުނާޔަކޭގައި ހުންނަ ބަންޑާރަނާއިކޭ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ހައްޔަރުކުރެވުނު އިރު އޭނާގެ އަތުގައި ހުރީ ޑެމަޓަގޮޑާ ސަރަޙައްދުގެ ރަށްވެއްސެއް ކަމަށް ބެލެވޭ އަންހެނެއްގެ މަޢުލޫމާތު ހިމެނޭ ދޮގު ޕާސްޕޯޓެކެވެ.

ސަންޖީވާ ވަނީ ގަވާއިދާ ހިލާފަށް ބޯޓަކުން އިންޑިއާއަށް ވަދެ، ފަހުން ނޭޕާލް އަށް ފިލާފަ އެވެ. އޭނާ ހައްޔަރުކުރުމަށް ބައިނަލްއަޤްވާމީ ’ރެޑް ވޮރަންޓެއް‘ ނެރުމަށްފަހު އަނބުރާ ސްރީލަންކާއަށް ގެނެވިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ