ތިން އެއާލައިނަކުން ރަޝިޔާއަށް ކުރާ ދަތުރުތައް ހުއްޓާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބައިނަލްއަގްވާމީ 3 އެއާލައިން އަކުން ރަޝިޔާ އަށް ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ.

މި 3 އެއާލައިނުން ރަޝިޔާ އަށް ކުރާ ދަތުރުތައް ހުއްޓާލާފައިވަނީ އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާބޯޓެއް މިދިޔަ ބުދަ ދުވަހު ކަޒަކިސްތާންގެ ސިޓީއެއް ކަމަށްވާ އަކްތައުއަށް ވެއްޓުމާ ގުޅިގެން އެވެ.

މި މަތިންދާބޯޓު ދަތުރު ކުރަމުން ގޮސްފައިވަނީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ފުރައިގެން ޗެޗްނިއާގެ ގްރޮޒްނީއަށެވެ. މި ހާދިސާ ހިނގި އިރު މި ބޯޓުގައި ތިބީ ރަޝިއާ މީހުންނާއި، އަޒަރުބައިޖާންގެ މީހުންގެ އިތުރުން ކަޒަކިސްތާން އަދި ކްރިގިސްތާން މީހުނެވެ. 67 މީހުނާއި އެކު ދަތުރު ކުރަމުން ދިޔަ މި ބޯޓުން 38 މީހަކު ވަނީ މަރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަޒަރުބައިޖާންގެ މަތިންދާބޯޓު ވެއްޓުނީ މިސައިލެއް އެރުމުގެ ސަބަބުން ކަމަށާއި މި މިސައިލަކީ ރަޝިޔާ ގެ ދިފާއީ ނިޒާމުން ފޮނުވި އެއްޗެއް ކަމަށް ވެސް ބުނެއެެވެ.

މިކަމާ ގުޅިގެން އަޒަރުބައިޖާންގެ ސިވިލް އެވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާ އަށް ކުރެވޭ ވައިގެ ދަތުރު ތަކަކީ އަމާން ރައްކާތެރި ދަތުރު ތަކަކަށް ނުވުުމުގެ ސަބަބުން ވަގުތީ ގޮތުން ދަތުރުތައް ހުއްޓާލާފައިވާ ކަމަށެވެ. އިޒުރޭލުން ވެސް ބުނީ ވެރިރަށް ތެލްއަވީވުން ރަޝިއާގެ ވެރިރަށް މޮސްކޯއަށް، ވައިގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށަވެ. އަދި ހަމަ އެހެންމެ ކަޒަކިސްތާންގެ ގަޒާގް އެއާއިން ވެސް ވަނީ ރަޝިއާއަށް ދަތުރުތައް މެދުކަނޑާލާފަ ވީ ނަމަވެސް ރަޝިޔާގެ ގުޅުން އޮންނަ ބައެއް ސަރަހައްދުތަކުން ދަތުރުތައް ކުރާނޭ ކަމަށް ވެސް ބުނެފައިވެއެވެ.

އަޒަރުބައިޖާން އެއާލައިންސްގެ މަދިންދާބޯޓު ވެއްޓުނު ސަބަބު ކަމަށް ކުރިން ބެލެވިފައި އޮތީ އެ ހިސާބުގައި އުދުހޭ ބޮޑެތި ދޫނިތަކުގެ ސަބަބުންނެވެ.

ރަޝިއާ ކަޒަކިސްތާން އަޒަރުބައިޖާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ