އަޒަރުބައިޖާނުގެ ފަސިންޖަރު މަތިންދާބޯޓެއް ކަޒަކިސްތާނަށް ވެއްޓިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އަޒަރުބައިޖާނުން ރަޝިޔާއަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓެއް ކަޒަކިސްތާނުގެ އަކްތައު ސިޓީ ކައިރިއަށް ވެއްޓިއްޖެ އެވެ.

މި މަޢުލޫމާތު ހާމަކޮށްފައިވަނީ ކަޒަކިސްތާނުގެ ކުއްލި ޙާލަތްތަކާބެހޭ މިނިސްޓްރީގެ ރަސްމީ ބަޔާނެއްގައެވެ.

ފްލައިޓް ނަންބަރު ޖޭ2-8243، އެމްބްރެއަރ 190 މަތިންދާބޯޓުގައި 62 ފަސިންޖަރުންނާއި 5 ކުރޫ މެންބަރުން ދަތުރުކުރަމުންދަނިކޮށް، އަކްތައު އިން ގާތްގަނޑަކަށް 3 ކިލޯމީޓަރު (1.8 މޭލު) ދުރުގައި ކުއްލި އެމަޖެންސީ ލޭންޑިންގއެއް ކުރަން ޖެހުނެވެ. ޞިއްޙީ އިދާރާތަކުގެ މަޢުލޫމާތުގައިވާ ގޮތުން، 3 ކުޑަ ކުދިން ހިމެނޭހެން 28 މީހުން، މި ހާދިސާއިން ސަލާމަތްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދެއެވެ. މީގެ އިތުރުން، މަރުވެފައިވާ 4 މީހުންގެ ހަށިގަނޑު ވަނީ ނަގާފައެވެ. އެމަޖެންސީ މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު އަލިފާން ނިއްވާ ޚިދުމަތްތަކުން ވަނީ އަލިފާން ނިއްވާލާފައެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ޔޫލިއާ ޝަޕޮވަލޯވާ މޮސްކޯއިން ރިޕޯޓުކުރި ގޮތުގައި، ”ރިޕޯޓުތަކުން ދައްކާ ގޮތުގައި، ހާދިސާ ހިނގުމުގެ ކުރިން މަތިންދާބޯޓުން އެދިފައިވަނީ އެހެން ވައިގެ ބަނދަރަކަށް ޖެއްސުމަށެވެ. މިއީ ގްރޮޒްނީގައި އޮތް ބޯ އަނދިރިކަމުގެ ސަބަބުންނެވެ.“ ޝަޕޮވަލޯވާ އިތުރަށް ހާމަކުރި ގޮތުގައި މަތިންދާބޯޓުގައި ތިބި ފަސިންޖަރުންގެ ތެރޭގައި އަޒަރުބައިޖާނު، ރަޝިޔާ، ކަޒަކިސްތާނު އަދި ކިރުގިސްތާނުގެ ރައްޔިތުން ހިމެނެއެވެ.

ރަޝިޔާގެ ވައިގެ ދަތުރުފަތުރާބެހޭ ބެލެހެއްޓުމުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުން، ޕައިލެޓް ނިންމާފައިވަނީ ދޫންޏެއްގައި ޖެހުމުގެ ސަބަބުން ކުއްލި އެމަޖެންސީ ލޭންޑިންގއެއް ކުރުމަށެވެ.

ރަޝިޔާގެ އާރް.އައި.އޭ ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔެވް ވަނީ ރަޝިޔާއަށް ކުރަމުންދިޔަ ދަތުރު ކުރުކޮށްލާފައެވެ. މިއީ އޭނާ ބުދަ ދުވަހު ބައިވެރިވުމަށް ހަމަޖެހިފައިވާ ސަމިޓެއްގައި ބައިވެރިވުމަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރަޝިޔާގެ އިންޓަރފެކްސް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި ކަޒަކިސްތާނުގެ އޮތޯރިޓީތަކުން މަޢުލޫމާތު ދީފައިވަނީ މި ހާދިސާ ހިނގި ގޮތާ ބެހޭގޮތުން ތަފާތު އެކި ދާއިރާތަކުން ތަޙްޤީޤު ފަށާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޓެކްނިކަލް މައްސަލައެއް ހުރުމުގެ އިޙްތިމާލުވެސް ހިމެނޭކަމަށް ފާހަގަކޮށްފައިވެއެވެ.

ކްރެމްލިންގެ ބާރުގަދަ ތާއީދު ލިބިފައިވާ ޗެޗްނިޔާގެ ވެރިޔާ ރަމްޒާން ކަދީރޯވް ވަނީ ބަޔާނެއް ނެރެ، ހިތާމަ ފާޅުކޮށްފައެވެ. އަދި އޭނާ ފާހަގަކުރި ގޮތުގައި ހޮސްޕިޓަލުގައި ތިބި މީހުން ވަރަށް ނާޒުކު ހާލަތެއްގައި ތިބިކަމަށް ފާހަގަ ކުރިއެވެ. އަދި އެ މީހުން އަވަހަށް ރަނގަޅުވުމަށް ދުޢާކުރާނެ ކަމަށް ބުނެފައިވެއެވެ.

ރަޝިއާ ކަޒަކިސްތާން އަޒަރުބައިޖާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ