ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އިންޑިއާއިން 30 މީހުން މަރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އަންގާރަ ދުވަހު އިންޑިއާއިން 30 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި، ކަޝްމީރުގެ އިންޑިއާ ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް 30 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ޒަހަމުވެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކު ގެއްލިފައިވާތީ އެމީހުން ހޯދުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އެ ސަރަހައްދުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، ސަލާމަތީ ބާރުތަކާއި ޑިޒާސްޓާ ރިލީފް ޓީމުތަކާއި ވޮލަންޓިއަރުން ކުނިތައް ސާފުކޮށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގެ ހިމާލަޔަން ސަރަހައްދުން އެތައް ސަތޭކަ ބަޔަކު މަރުވެ ގެއްލުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.

ކޮންމެ އަހަރަކުވެސް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިންޑިއާ އަދި ޕާކިސްތާނުގެ މި ސަރަހައްދަށް ބޯކޮށް ވާރޭވެހެ އެވެ. ބޯކޮށް ވާރޭވެހި ހިނގި ހާދިސާތަކުގައި ޖޫން މަހުން ފެށިގެން އިންޑިއާއިން 1,200 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އިންޑިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ