ސައުތު ސިނަމާގެ ތަރި އައިޝްވަރިޔާ ރާއްޖޭގައި

Advertisement

އެންމެ ފަސް

Advertisement

ސައުތު އޭޝިއާގެ މަޝްހޫރު ތަރި އައިޝްވަރިޔާ ދެވަން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ ސައުތު ސިނަމާގެ މި މަޝްހޫރު ބަތަލާ ރާއްޖޭގައި ހޭދަކުރަމުންދާކަން ހާމަކޮށްފައިވަނީ އަމިއްލަ ސޯޝަލް މީޑިއާގަކޮށްފައިވާ ޕޯސްޓްތަކުގ ައެވެ.

އައިޝްވަރިޔާ ރާއްޖޭގައި މިވަގުތު ހުރި ރިސޯޓެއް ހާމަކޮށްފައި ނުވިނަމަވެސް، މ. މުއްޔަށް ކުރި ދަތުރުގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ޝާއިއުކޮށްފައިވެ އެވެ. މި ފޮޓޯތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދީފައިވާއިރު، އައިޝްވަރިޔާ ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ތައުރީފުކޮށްފަ އެވެ.

އައިޝްވަރިޔާ އަކީ ފިލްމީ ދާއިރާގެ އިތުރުން މޮޑެލިންގ ދާއިރާއިންވެސް ކާމިޔާބީ ހޯދާފައިވާ ތަރިއެކެވެ. ”ފެމިނާ މިސް އިންޑިއާ 2017“ ގެ ތާޖު އޭނާއަށް ލިބިފައިވުމަކީ މިކަމުގެ ހެއްކެކެވެ.

ފާއިތުވި އަހަރުތަކާ އަޅާބަލާއިރު މިއަހަރަކީ އިންޑިއާގެ ގިނަ ފިލްމީ ތަރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެކެވެ. ބޮލީވުޑްގެ ތަރިންގެ އިތުރުން ސައުތު އިންޑިއަން ސިނަމާގެ ތަރިން ވެސް ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުވެފައިވެ އެވެ. މިގޮތުން ސައުތު އިންޑިއާގެ މަޝްހޫރު ތަރި ކާޖަލް އަގްރަވާލް ވަނީ މިއަހަރު ތެރޭގައި އޭނާގެ އާއިލާއާއެކު ދެފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ޤައުމެވެ. އަދި އިންޑިއާގެ މަޝްހޫރު ތަރިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް ލިބޭ ބޮޑު ފުރުސަތެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އިންޑިއާއަށް ކުރެެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޯޓްކުރުމަށް ހާއްސަކޮށް އިންޑިއާގެ ތަރިންނާ ވަކިން ބައްދަލުވެސް ކުރައްވާފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޯޓްކުރުމަށް އެމްބެސަޑަރެއްގެ ގޮތުގައި އިންޑިއާގެ ތަރި ކެތްރީނާވެސް ވަނީ ކަނޑައަޅާފަަަ އެވެ.

ރާއްޖެ - އިންޑިއާ ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ