ގްރީން ސްޓްރީޓްސް އަތުން ވެލެންސިއާ މޮޅުވިއިރު، އީތަން އަށް ރެކޯޑެއް

Advertisement

އެންމެ ފަސް

Advertisement

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ވެލެންސިއާ އިން 2-1 ގެ ނަތީޖާއަކުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރިއިރު، ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ ރެކޯޑެއް ހަދައިފި އެވެ.

ރޭގެ މެޗުގައި ވެލެންސިއާގެ ކެޕްޓަންކަން ކުރީ އުމުރުން 16 އަހަރުގެ އީތަން އެވެ. މިއާއެކު އީތަން ވެފައިވަނީ ފުރަތަމަ ޑިވިޝަނުގައި ޓީމެއްގެ ކެޕްޓަންކަން ކުރި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާ އިން ތަފާތު ދެއްކީވެސް ޒުވާން ކެޕްޓަން އީތަން އެވެ. އެގޮތުން، މެޗުގެ 14 ވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަހައި ވެލެންސިއާ އަށް ކުރިހޯދަދީފަ އެވެ.

ދެވަނަ ހާފުގައި އީތަން ތަނަވަސްކޮށްދިން ފުރުސަތަކުން ވެލެންސިއާގެ ސްޕެއިން ކުޅުންތެރިޔާ، އަބޫބަކާރު ސިލާ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. މި މެޗުގައި ގްރީން ސްޓްރީޓްސްގެ ހަމައެކަނި ލަނޑު ޖެހީ މިސްރު ފޯވާޑް އޮބައިދާ ކަދިމް އެވެ.

ލީގުގައި މިހާތަނަށް ކޮންމެ ޓީމަކުން އެއް މެޗު ކުޅެފައިވާއިރު ވެލެންސިއާގެ އިތުރުން މާޒިޔާ، އޮޑި ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޑް ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބަށް ވަނީ މޮޅެއް ލިބިފަ އެވެ.

ދިވެހި ޕްރިމިއާ ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ