އެޑަސަން ފެނަބާޗޭ އަށް، އަކަންޖީ ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓާ އަށް

Advertisement

އެންމެ ފަސް

Advertisement

މެންޗެސްޓާ ސިޓީ ދޫކޮށް، ގޯލްކީޕަރު އެޑަސަން ފެނަބާޗޭ އަށް ސޮއިކުރިއިރު، އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން މެނުއަލް އަކަންޖީ އިންޓާއަށް ސޮއިކޮށްފިއެވެ.

އެޑަސަން ސިޓީ ދޫކޮށްލާފައިވަނީ އެ ޓީމާއެކު އަށް އަހަރު ދުވަސް ހޭދަކުރުމަށްފަހުއެވެ. އޭނާ ވަނީ ސިޓީއާއެކު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހަ ފަހަރު، އަދި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން އެއްފަހަރު ހޯދާފައެވެ. މީގެއިތުރުން، އޭނާ ވަނީ ސިޓީއާއެކު ދެފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

ތުރުކީގެ ޓީމެއް ކަމަށްވާ ފެނަބާޗޭ އިން ވަނީ އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ގަތުމަށް 12.1 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ. 2017 ވަނަ އަހަރު ބެންފީކާ ދޫކޮށް ސިޓީއަށް ބަދަލުވުމަށްފަހު އޭނާ ވަނީ ސިޓީއަށް 372 މެޗު ކުޅެދީފައެވެ.

މި ހޫނުމޫސުމުގައި ސިޓީން ވަނީ ކީޕަރުން ބަދަލުކޮށްފައެވެ. އެގޮތުން، ސިޓީން ވަނީ ބާންލީގެ ޖޭމްސް ޓްރެފޯޑްގެ ސޮއި ހޯދައި، ޖިއަންލުއިޖީ ޑޮނަރޫމާ އާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

2022 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ސިޓީއަށް ބަދަލުވުމަށްފަހު އަކަންޖީވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި އަކަންޖީ ކުޅުނީ އޭނާގެ އައު ކްލަބް، އިންޓާ އާ ދެކޮޅަށެވެ.

މެންޗެސްޓާ ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ