ރެއާލް ބަލިކޮށް ޕީއެސްޖީ ފައިނަލަށް

Advertisement

އެންމެ ފަސް

Advertisement

ފީފާ ކްލަބް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ރޭ 4-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށުނީއްސުރެ ކޮންޓްރޯލް ކޮށްގެން ކުޅުނީ ޕީއެސްޖީންނެވެ. އެގޮތުން، މެޗު ފެށިގެން ހަވަނަ މިނެޓުގައި ފަބިއަން ރުއިޒް ޖެހި ލަނޑާއެކު ޕީއެސްޖީން ވަނީ ފެށުން ރަނގަޅުކޮށްފަ އެވެ. ރުއިޒް ލަނޑު ޖެހީ ރެއާލްގެ ޑިފެންޑަރު، ރައުލް އަސެންސިއޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެނެވެ.

ރުއިޒް ލަނޑު ޖެހިތާ އިން މިނެޓު ފަހުން އޮސްމާނޭ ޑެމްބެލޭ ވަނީ ލަނޑެއް ޖަހައި ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފަ އެވެ. އޭނާ ލަނޑު ޖެހީ އެންޓޮއިން ރުޑިގާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެނެވެ. ރެއާލްގެ ޑިފެންޑަރުން ވަނީ މެޗުގެ ފުރަތަމަ 10 މިނެޓު ތެރޭ ބޮޑު ދެ ގޯސް ހަދާފަ އެވެ.

މެޗުގެ 24 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތަކުން ރުއިޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ. ޕީއެސްޖީން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ބޮޑު ލީޑަކާއެކު އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ގޮންސާލޯ ރާމޯސް ވަނީ ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ. އޭނާގެ ލަނޑު ހާއްސަ ކުރީ ދާދި ފަހުން ކާރު އެކްސިޑެންޓެއްގައި ނިޔާވި ލިވަޕޫލްގެ ތަރި، ޑިއޯގޯ ޖޮޓާ އަށެވެ.

މުބާރާތުގެ ފައިނަލުގައި އާދީއްތަ ދުވަހު ޕީއެސްޖީ ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ރެއާލް މެޑްރިޑް ފީފާ ކްލަބް ވޯލްޑް ކަޕް ޕީއެސްޖީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ