ބޯޑޯ/ގިލްމް ބަލިކޮށް، ޓޮޓެންހަމް ޔޫރޮޕާ ލީގުގެ ފައިނަލަށް

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ 2-0 ގެ ނަތީޖާއަކުން ނޯވޭގެ ބޯޑޯ/ގިލްމް ބަލިކޮށް، ޓޮޓެންހަމް ފައިނަލަށް ދަތުރުކޮށްފިއެވެ.

ޓޮޓެންހަމް އިން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު، 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އަދި ރޭގެ ނަތީޖާއާއެކު، އެ ޓީމުން ވަނީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދާފައެވެ. މިއާއެކު، ޓޮޓެންހަމް ވަނީ ހަވަނަ ފަހަރަށް ޔޫރަޕުގެ ފައިނަލަކަށް ދަތުރުކޮށްފައެވެ. އަދި މިއީ 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހުން އެ ޓީމު ދަތުރުކުރި ފުރަތަމަ ފައިނަލެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ޓޮޓެންހަމް އިން ވަނީ ދެވަނަ ހާފުގައި ގާތްގާތު ދެ ލަނޑު ޖަހާފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޑޮމިނިކް ސޮލަންކޭގެ ލަނޑާއެކުު އެ ޓީމުން ކުރިހޯދިއިރު، އޭގެ ހަ މިނެޓު ފަހުން ޕެޑްރޯ ޕޮއްރޯ ވަނީ ލީޑު ފުޅާކޮށްދީފައެވެ.

ޓޮޓެންހަމް އަށް އެންމެ ފަހުން މުބާރާތެއް ކާމިޔާބުކުރެވިފައިވަނީ 2008 ވަނަ އަހަރު އެވެ. އެ އަހަރު ޓޮޓެންހަމް އިން ވަނީ ލީގު ކަޕް ކާމިޔަބުކޮށްފައެވެ. އަދި 1984 ވަނަ އަހަރު އެ ޓީމުން ވަނީ ޔުއެފާ ކަޕް ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ފައިނަލުގައި ޓޮޓެންހަމް ނިކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ލީގު ތާވަލުގެ 16 ވަނައިގައި ޓޮޓެންހަމް އޮތްއިރު، އެ ޓީމުގެ ސީޒަން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ޔޫރޮޕާ ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމެވެ.

 

ޓޮޓެންހަމް ޔޫރޮޕާ ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ