ނިއުގެ އައު ބޯޑު އިންތިހާބުކޮށްފި، ޗެއާމަނަކަށް މުބީން

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އެންމެ ތާރީހީ އަދި އެންމެ ކާމިޔާބު އެއް ކްލަބު ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އައު ބޯޑު އިންތިހާބުކޮށްފިއެވެ،

ދަރުބާރުގޭގައި ރޭ ބޭއްވި ކޮންގްރެސްގައި، ކްލަބުގެ ޗެއާމަނަކަށް އިންތިހާބުކުރީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީންއެވެ. ޗެއާމަންގެ އިތުރުން، ބާކީ ހުރު ހުރިހައި މަގާމަކަށްވެސް ކުރިމަތިލީ އެއް ކެންޑިޑޭޓެކެވެ. އެހެންކަމުން، މަގާމުތަކަށް ކެންޑިޑޭޓުން އިންތިހާބުކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ނިއުގެ ކޮންގްރެސްގައި ވަނީ އަސާސީ ގަވައިދަށްވެސް ކުޑަ އިސްލާހެއް ގެނެސްފައެވެ. އެގޮތުން، މީގެކުރިން މެމްބަރުން އަތުން ޗަންދާ ނެގުން މަޖުބޫރު ކަމެއްގެ ގޮތުގައި އޮތް އޮތުން ވަނީ ބަދަލުކޮށް، ބޭނުންވާނަމަ ނެގޭ ގޮތަށް ހަދާފައެވެ، އަދި ހަޒާންދާރާއި ސެކްރެޓަރީ ޖެނެރަލްގެ މަގާމު ބޯޑު މެމްބަރަށް ވަނީ ބަދަލުކޮށްފައެވެ،

ނިއުގެ ސީނިއާ ވައިސް ޗެއާމަނަކަށް އިންތިހާބުކޮށްފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް (މުޖޭ) އެވެ. އަދި ވައިސް ޗެއާމަނަކަށް އަލީ ރަޝީދު އަހުމަދު އިންތިހާބުކުރިއިރު، ލީގަލް ކައުންސިލަކީ މާޒިން ހުސައިން އިބްރާހީމެވެ.

ބޯޑްގައި ދެން ހިމެނޭ މެންބަރުންނަކީ އިސްމާއީލް ރަޝީދު (ހުންގާނު)، ޒަހީނުއްދީން ސައީދު، އަހްމަދު ޔޫސުފް، މުހައްމަދު ޔޫސުފް، އަހްމަދު މުސާ، މުހައްމަދު ޝަކީލް، މޫސާ ސާއިދު، އަބްދޫ އަބޫބަކުރު، މުހައްމަދު އަލީ އުމަރު ފަރުހާން އެވެ.

ނިއުގެ އައު ޗެއާމަން މުބީން ވިދާޅުވީ، އުންމީދަކީ ނިއުގެ ސަޕޯޓަރުންނާ ކްލަބްގެ ކުރީގެ ކުޅުންތެރިންނާ ގުޅިގެން ނިއު އަލުން ފުޓުބޯޅައިގެ ރަސްކަމަށް ގެނައުން ކަމަށެވެ.

ނިއުއިން އިންތިހާބަކަށް ދާން ޖެހުނީ، ޗެއާމަންކަމުގެ މަގާމުގައި ކުރިން ހުރި އަހުމަދު ވާސިފް މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެނެވެ. އޭނާ އިސްތިއުފާ ދިންއިރު ދައުރުގައި ބާކީ ދެ އަހަރު އޮތެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ