މިނިސްޓަރު އައްލޯގެ ލަފާފުޅާއެކު ނިއުރޭޑިއަންޓްގެ މަގުޗާޓް އެކުލަވާލަން ފައްޓަވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އިސްވެ ހުންނަވައި، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މަގުޗާޓް އެކުލަވާލަން ފައްޓަވައިފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު، އަދި އެންމެ ސަޕޯޓަރުން ގިނަ ކްލަބު މިވަގުތު އޮތީ އުނދަގޫ ހާލަތެއްގަ އެވެ. މިވަގުތު އެ ޓީމު ދެވަނަ ޑިވިޝަނުގައި އޮތްއިރު، ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފަޅުކޮށްފަ އެވެ. އެ ކްލަބްގެ ޗެއާމަން, އަހުމަދު ވާސިފް އިސްތިއުފާ ދީފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހު ކްލަބްގެ ކޮންގްރެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ނިއުރޭޑިއަންޓް އަލުން ކޮޅަށް ޖެހުމުގެ އަޒުމުގައި މުބީން އާއެކު ވަރުގަދަ ޓީމެއް ވަނީ ނިކުމެވަޑައިގެންފަ އެވެ. އެގޮތުން، ޗެއާމަންގެ މަގާމަށް މުބީން ކުރިމަތިލައްވާއިރު، ސީނިއާ ވައިސް ޗެއާގެ މަގާމަށް ކުރިމަތިލައްވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުޖުތަބާ ޖަލީލް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހީމް (ކައްޕި) އެވެ. އަދި ސީނިއާ އެޑްވައިޒަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ރައީސް އޮފީހުގެ މިނިސްޓަރު، އަބްދުﷲ ނާސިރު އެވެ.

ނިއުރޭޑިއުަންޓްގެ މަގުޗާޓް އެކުލަވާލުމަށް ބޭއްވުނު ބައްދަލުވުމުގައި މެމްބަރު އަލީ އިބްރާހިމް ބައިވެރިވެވަޑައިގެން

ނިއުރޭޑިއަންޓް އަނބުރާ އިހު އޮތް މަގާމަށް ގެނައުމަށް ކުރަން ހުރި މަސައްކަތްތަކުގެ ޕްލޭނެއް ހެދުމަށް މި ޓީމުން ވަނީ ހޯމަ ދުވަހު ހާއްސަ ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި މި ބައްދަލުވުމަށްފަހު މުބީން ވަނީ ސޯޝަލް މީޑިއާގައި މުހިންމު މެސެޖެއް ހިއްސާކުރައްވާފަ އެވެ. މުބީން ވިދާޅުވީ، ރާއްޖޭގެ ފުޓުބޯޅަ ދިރި ދެމި އޮތުމުގައި ނިއުރޭޑިއަންޓަކީ އެންމެ މުހިންމު އާރުކާޓީ ކަމަށެވެ. އަދި، ނިއުރޭޑިއަންޓްގެ ހައްގު މަގާމަށް ވާސިލްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މުބީން ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން، ސަޕޯޓަރުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދެއްވާފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕް ބަދަލުކުރަން ކުރި މަސައްކަތުގައި، ނިއުރޭޑިއަންޓުން ބައިވެރިވުމާއެކު، 2019 ވަނަ އަހަރު އެ ކްލަބް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެޔަށްފަހު، ނިއުރޭޑިއަންޓްގެ ރަސްމީ ފުރަތަމަ ފެނިލުމަކީ 2022 ވަނަ އަހަރުގެ ދެވަނަ ޑިވިޝަނެވެ.

2022 ވަނަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ނިއުރޭޑިއަންޓް ވަނީ ބުރު ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އަދި އެންމެ ފަހުން ބޭއްވި މުބާރާތުގެ ސެމީ ގައި ބަލިވީ ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުންނެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން އިންތިހާބީ މެންބަރު އަލީ އިބްރާހިމް (ކައްޕި) ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ