ސައްހަ ނޫން ޓީޓީތަކެއް އުފެއްދި ޝިފާއުގެ މައްޗަށް މަނީ ލޯންޑަރިންގެ 7 ދައުވާވެސް ސާބިތުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާއެއް ސާބިތުވެފައިވާ ހުސައިން ޝިފާއުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ 7 ދައުވާވެސް ސާބިތުވާކަމަށް ހުކުމްކޮށްފި އެވެ.

ޝިފާއުގެ މައްޗަށް ވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ އަދި މަނީ ލޯންޑްރިންގ އަދި މަނީ ލޯންޑްރިންގެ ކުށުގެ 7 ދައުވާއެއް އުފުލާފައިވެ އެވެ. އޭގެތެރެއިން މީގެކުރިން ވަނީ  16 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ. ހުކުމް ނުކޮށް އޮތީ މަނީ ލޯންޑަރިންގެ 7 ދައުވާގެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގަ ވަނީ އެ ދައުވާތައްވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ހުކުމްކޮށްފަ އެވެ.

މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ އެއީ 1،909،682 ރުފިޔާ އެވެ. މި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ. ނަމަވެސް މައުދުގެ ޝަރީއަތުގައި އެކަމާއި ގުޅޭގޮތުން ގާޒީ ވިދާޅުވީ އެ ފައިސާ ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށެވެ.

އަދަބާއި ގުޅޭގޮތުން ވާހަކަދައްކަމުން ދައުލަތުން އެދުނީ؛

  • ކޮންމެ ދައުވާއެއްގައި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް
  • އޭގެއިތުރުން އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް

ދައުލަތުން އެގޮތަށް އެދުމުން ޝިފާއު އެދުނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އެހެން ދުވަހަށް ފަސްކުރުމަށެވެ. އޭއާއެކު ގާޒީ ނިންމެވީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ ބުރާސްފަތި ދުވަހު ޝަރީއަތެއް ބޭއްވުމަށެވެ. އަދި އެ ދުވަހު އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އެއްކޮށް ނިންމަވާއްލަވާނެކަމަށް ގާޒީ ވިދާޅުވި އެވެ.

ޝިފާއު މި މައްސަލައިގައި 28 އޭޕްރީލް 2023 ގައި ހައްޔަރުކުރުމަށްފަހު، 27 މޭ 2023 ގައި ކޯޓުން ދޫކޮށްލުމާ ގުޅިގެން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވެ އެވެ. އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށްފަހު، 28 ސެޕްޓެމްބަރު 2023 ގައި އަނބުރާ ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ދޫކޮށްލާފައިވެ އެވެ.

ހުސައިން ޝިފާއުގެ މައްސަލަ ކްރިމިނަލް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ