ފަހުވަގުތު ގްނަބްރީ ޖެހި ގޯލުން، ބަޔާނުން ވުލްވްސްބާގް ބަލިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޖަރުމަނު ލީގުގައި ރޭ ބަޔާން މިޔުނިކުން ކުޅުނު ފުރަތަމަ މެޗުން، ފަހުވަގުތު ސާޖް ގްނަބްރީ ޖެހި ގޯލާއެކު، ވުލްވްސްބާގްގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިފި އެވެ.

މިއީ ބަޔާންގެ ކޯޗު ކަމާ ވިންސެންޓް ކޮމްޕެނީ ހަވާލުވުމަށްފަހު، އެ ޓީމުން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. ބަޔާނުން ތޯމަސް ޓުޗެލްގެ ބަދަލު، މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން، ކޮމްޕެނީ ކޯޗަކަށް ގެނައީ، މިދިޔަ ސީޒަނުގައި ތަށްޓެއް ނުލިބި ހުސްއަތާ ނިންމާލަން ޖެހުމުންނެވެ.

މެޗު ފެށިގެން 19 ވަނަ މިނެޓުގައި ޖަމާލް މުސިއާލާ ވަނީ ލަނޑެއް ޖަހައި ބަޔާނަށް ކުރިހޯދަދީފަ އެވެ. ބަޔާނަށް ވަނީ ފުރަތަމަ ހާފުގައި ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތަކެއްވެސް ލިބިފަ އެވެ. ނަމަވެސް، ވުލްވްސްބާގުގެ ކީޕަރު، ކަމިލް ގްރަބާރާ ވަނީ އޭނާގެ ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން، އޭނާ ވަނީ ގްނަބްރީ އާއި ހެރީ ކޭންގެ ހަމަލާތައް ހުއްޓުވާފަ އެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ވުލްފްސްބާގުގެ ކުޅުންތެރިޔަކަށް، ބަޔާންގެ އޭރިއާ ތެރެއިން ސާޝާ ބޯއޭ ކުރިި ފައުލަކާ ގުޅިގެން ވުލްފްސްބާގަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ވުލްފްސްބާގަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލޮވްރޯ މާޔާ އެވެ.

މެޗުގެ 50 ވަނަ މިނެޓުގައި މާޔާ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މާ ލަސްތަކެއް ނުވެ، މެޗުގެ 55 ވަނަ މިނެޓުގައި ޕެޓްރިކް ވިމާ ތަނަވަސްކޮށްދިން ފުރުސަތަކުން މާޔާ ވަނީ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ވުލްފްސްބާގަށް ކުރިހޯދަދީފަ އެވެ.

ބަޔާނުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން، މެޗުގެ 57 ވަނަ މިނެޓުގައި މުސިއާލާ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑި އަށެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ވުލްވްސްބާގްގެ ޖަކޫބް ކަމިންސްކީ އަތުން ބައިކޮޅަށް ލަނޑެއް ވަނުމާއެކު، މެޗުގެ ނަތީޖާ ވަނީ އެއްވަރު ވެފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި، ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ބަޔާން މޮޅުކޮށްދިނީ ގްނަބްރީ އެވެ.

މިދިޔަ ސީޒަނުގައި ކޮމްޕެނީ އިރުޝާދު ދިނީ ބާންލީ އަށެވެ. ނަމަވެސް، އެ ޓީމު ވަނީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުން ރެލިގޭޓް ވެފައެވެ.

ބަޔާން މިޔުނިކް ޖަރުމަނު ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ