ފީފާ ރޭންކިން ތިންވަނަ އަށް ސްޕެއިން ޖެހިލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދާދި ފަހުން ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރި ސްޕެއިން، ފީފާ ދުނިޔެގެ ފުޓުބޯޅަ ރޭންކިންގެ ތިންވަނަ އަށް ޖެހިލައިފި އެވެ.

ސެޕެއިން ތިންވަނަ އަށް ޖެހިލާފައިވަނީ ފީފާ އިން މިއަދު ނެރުނު ރޭންކިންގަ އެވެ. ސްޕެއިން އިން ވަނީ 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށް، ރެކޯޑް އަދަދެއް ކަމަށްވާ ހަތަރު ވަނަ ފަހަރަށް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތަށި އުފުލާލާފަ އެވެ.

ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާ އިން ވަނީ އެއްވަނަ މަގާމު ދަމަހައްޓާފަ އެވެ. އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ކޮލަމްބިއާ ބަލިކޮށް، ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ތާވަލުގެ ދެވަނައިގައި އަދިވެސް އޮތީ ފްރާންސެވެ. އަދި ބްރެޒިލް ފަހަތަށް ޖައްސާލުމަށްފަހު، އިންގްލެންޑް ވަނީ ތާވަލުގެ ހަތަރުވަނަ އަށް ޖެހިލާފަ އެވެ. މިއަހަރުގެ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި ބްރެޒިލް އަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ގަދަ 10 ގައި ދެން ހިމެނިފައިވަނީ ބެލްޖިއަމް، ނެދަލެންޑްސް، ޕޯޗުގަލް، ކޮލަމްބިއާ އަދި އިޓަލީ އެވެ.

މިފަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޓީމަކީ ވެނެޒުއޭލާ އެވެ. ކޮޕަ އެމެރިކާ އިން އެ ޓީމު ކެޓީ ކުއާޓާ ފައިނަލުންނެވެ. ވެނެޒުއޭލާ ވަނީ 17 ދަރަގަ ކުރިޔަށް ޖެހިލައި، 37 ވަނަ ހޯދާފަ އެވެ. އަދި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ކުޅުނު ތުރުކީން ވަނީ 16 ދަރަގަ ކުރިޔަށް ޖެހި، 26 ވަނަ ހޯދާފަ އެވެ.

ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުން ކެޓ،ި އެމެރިކާ ވަނީ 11 ވަނަ އިން 16 ވަނައަށް ވެއްޓިފަ އެވެ.

ފީފާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ