ސައުދީގައި 2034 ވޯލްޑް ކަޕް ބާއްވަން ނިންމައި، އެކަން އިއުލާންކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

2034 ވަނަ އަހަރުގެ ފުޓްބޯޅަ ވޯލްޑް ކަޕް ބާއްވާނެ ޤައުމަކީ ސައުދީ އަރަބިއްޔާ ކަމަށް ނިންމައި، އެކަން ރަސްމީީކޮށް އިއުލާންކޮށްފި އެވެ.

މި ނިންމުން ނިންމީ ބުދަ ދުވަހު ބޭއްވުނު ފީފާގެ 211 މެމްބަރުން ބައިވެރިވި އޮންލައިން ބައްދަލުވުމެއްގަ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހުންނަވައިގެން ބޭއްވުނު މި ބައްދަލުވުމުގައި، މެމްބަރުން ވަނީ އަޑުގަދަކޮށް އަތްތިލަބަޑިޖަހައިގެން ސައުދީ އަރަބިއްޔާގެ ބިޑަށް ތާއީދުކޮށްފަ އެވެ. ސައުދީ އަރަބިއްޔާއަކީ މި މުބާރާތަށް ބިޑް ހުށަހެޅި ހަމައެކަނި ޤައުމެވެ.

މީގެ އިތުރުން، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ޤައުމުތައްވެސް ވަނީ ކަނޑައެޅިފަ އެވެ. މި މުބާރާތް ބޭއްވުމަށް 6 ޤައުމަކަށް ހަވާލުކުރެވިފައިވާއިރު، މުބާރާތް ބާއްވާތާ 100 އަހަރު ފާހަގަކުރުމަށްޓަކައި މި މުބާރާތް ބޭއްވޭނީ 3 ބައްރެއްގަ އެވެ. 2030 ވަނަ އަހަރުގެ މުބާރާތް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ޔޫރަޕްގެ ސްޕެއިނާއި ޕޯޗުގަލާއި، އުތުރު އެފްރިކާގެ މޮރޮކޯ އެވެ.

ސައުދީއަށް 2034 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވުމުގެ ބިޑް ކާމިޔާބުކުރެވުމާއި ގުޅިގެން އުފާފާޅުކުރަނީ

ވޯލްޑް ކަޕްގެ އިތުރުން، ސައުދީ އަރަބިއްޔާއިން ވަނީ 2027 ވަނަ އަހަރުގެ ފުޓްބޯޅަ އޭޝިއަން ކަޕާއި، 2029 ވަނަ އަހަރުގެ އޭޝިއަން ވިންޓަރ ގޭމްސްއާއި، 2034 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ބޭއްވުމުގެ ޒިންމާވެސް ނަގާފައެވެ. އަދި އަންހެނުންގެ ވޯލްޑް ކަޕް ހިމެނޭ ގޮތަށް އިތުރު ބޮޑެތި މުބާރާތްތައް ބޭއްވުމުގެ ދުރު ރާސްތާގެ އަމާޒުތަކެއްވެސް ސައުދީ އަރަބިއްޔާއިން ވަނީ ކަނޑައަޅާފަ އެވެ.

ވޯލްޑް ކަޕް ފީފާ ސައުދީ އަރަބިއްޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ