‌ޕީއެންސީން މެންބަރު އަޒާނަށް ފިޔަވަޅު އަޅައި، ބޮޑު 2 ކޮމިޓީއަކުން ވަކިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާނު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އިން ވަކިކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ދެ ކޮމިޓީން ވަކިކޮށް އިމްތިޔާާޒާ ސުލޫކު ކޮމިޓީއާ، ޕެޓިޝަން ކޮމިޓީއަށް އަޒާނު ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުނަ، އަޒާނުގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އައިފާން އެވެ. އަދި 241 ކޮމިޓީއަށް އަޒާނުގެ ބަދަލުގައި ވިލިމާލޭގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލް ހަމަޖައްސާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމިޓީތަކުން އަޒާން ވަކިކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ޕީއެންސީގެ ވިޕްލައިނާ ހިލާފުވެ ބައިވެރިވެވަޑައިގެންފައިނުވާތީ އެވެ.

ރައްޔިތުންގެ މަޖޖިލީހުގެ މާލިއްޔަތު ކޮމެޓީއާ، 241 ކޮމެޓީއަކީ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ދެ ކޮމެޓީ އެވެ. އަދި އަޒާން އަލަށް އައްޔަންކުރެވުނު ދެ ކޮމެޓީއަކީ މަޖިލީހުގެ ކޮމެޓީތަކުގެ ތެރެއިން އެންމެ މަސައްކަތް މަދު، އަދި ނުފޫޒު ކުޑަ ދެ ކޮމެޓީ އެވެ.

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ރައްޔިތުންގެ މަޖިލިސް އަހުމަދު އަޒާން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ