އިމިގުރޭޝަނުން އިއްޔެ 17 ސްޕާއެއް ބަލައި ފާސްކުރި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ މާލޭގައި ހިންގަމުންދިޔަ 17 ސްޕާއެއް ބަލައިފާސްކޮށްފި އެވެ.

މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެކެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށްގެންދާ މި އޮޕަރޭޝަން އިއްޔެ ކުރިއަށް ގެންދިޔަ ކަމަށާއި، މާލޭގައި ހިންގަމުން ދިޔަ 17 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރިކަމަކަށް އިމިގްރޭޝަނުން ނުބުނެ އެވެ.

މާލޭގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ފެށި ހާއްސަ އޮޕަރޭޝަނާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައުލޫމާތު ދެއްވާފަ އެވެ. މާލޭގެ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މިހާތަނަށް 52 މަސާޖު ޕާލާއެއް ބަންދުކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި 52 ތަނުގެ ތެރެއިން 24 ތަނަކީ ސަރުކާރުގެ އިދާރާތަކުން ބަންދުކުރި ތަންތަން ކަމަށާއި، އަނެއް 28 ތަނަކީ އަމިއްލައަށް މިކަން ހުއްޓާލައި ބަންދުކުރި ތަންތަން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މި އޮޕަރޭޝަނާ ގުޅިގެން 10 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު އެމީހުން ގައުމުން ބޭރުކޮށްލާނެ ކަމަށެވެ. ސަރުކާރުން ބޭނުންވަނީ މުޖުތަމައުގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުން ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އިމިގްރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ