ގަވައިދާ ހިލާފަށް ހިންގަމުން ދިޔަ 3 ސްޕާއެއް ބަންދުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ރޭ މާލެއިން 3 ތަނެއް ބަންދުކޮށްފި އެވެ.

ލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ މާލޭގައި ހިންގަމުންދިއަ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ބަލާ ފާސް ކުރި 10 ތަނުގެ ތެރެއިން 3 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި ޓާކްސްފޯސްއަކީ އިމިގްރޭޝަންގެ އިތުރުން ފުލުހުންނާއި ހެލްތް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކްފޯސް އެކެވެ.

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް، މިމަހުގެ 10 ވަނަ ދުވަހު ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި 10 ތަނެއް ބަލައިފާސްކޮށް، އޭގެ ތެރެއިން ދެ ތަނެއް ބަންދުކޮށް، އަދި ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޓާސްކްފޯސްއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުންދަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާކަމުގެ ޝަކުވާތައް ލިބެމުންދާތީ، އިކޮނޮމިކް މިނިސްޓްރީން ވަނީ އެފަދަ ފަރާތްތައް ރިޕޯޓުކުރުމަށް އެދިފަ އެވެ. ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާ ނަމަ، އެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު، ނުވަތަ 3333199 އަށް ގުޅައިގެން ނުވަތަ އިމުގަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ބިދޭސީން ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ