އއ. އުކުޅަހުން ރަޝިއާގެ ޓޫރިސްޓަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.
އުކުޅަހު ކައުންސިލުން ސޯޝިއަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެ ރަށުގެ ގެސްޓް ހައުސްއެއް ކަމަށްވާ ލަ ޕަލްމާ ސްޓޫސްގައި ހުރި ރަޝިއާގެ ފިރިހެން ޓޫރިސްޓަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، ގެއްލިގެން ހޯދަމުން އަންނަ މި ޓޫރިސްޓަކީ މިއަދު ހެނދުނު އެ ރަށުން ފުރާ ގޮތަށް ހަމަޖެހިފައިވާ މީހެކެވެ. ނަމަވެސް، އޭނާގެ ޚަބަރެއް އަދި ނުވާ ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ކަމަށް ކައުންސިލްގެ ޕޯސްޓްގައި ބުނެފައިވެ އެވެ.
އުކުޅަހު ކައުންސިލުން ވަނީ މި ޓޫރިސްޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަ ޕާމަ ސޫޓްސްގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކުގެ ނަންބަރު 9553510 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.



