ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ވޭޕްތަކާއި ދުންފަތުގެ ބާވަތްތައް ނައްތާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ވޭޕްތަކާއި ދުންފަތުގެ ބާވަތްތައް ނައްތާލައިފިއެވެ.

ނައްތާލާފައިވަނީ ގަލޮޅު ޕޮލިސް، ހެންވޭރު ޕޮލިސް އަދި މާފަންނު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރެއިންނެވެ.

މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދޫނިދޫގަ އެވެ. ނައްތާލި ތަކެތީގެ ތެރޭގައި ވޭޕް އާއި ވޭޕް ބޭނުންކުރުމަށް ގެންގުޅޭ އެކި ބާވަތްތަކުގެ އިތުރުން ސިގިރެޓް ވެސް ހިމެނެއެވެ.

ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، ނައްތާލި ތަކެތީގެ ތެރޭގައި ޖުމްލަ 102 ވޭޕް، 145 ވޭޕް ފްލޭވަރ، އަދި 1096 ނެނޯސްޓިކް ކާޓްރިޖް ހިމެނެ އެވެ. މީގެއިތުރުން، 114 ކޮއިލް އާއި ޑިސްޕޯސަބަލް ޕޮޑަކާއި 6 ރީފިލިންގ ކާޓްރިޖް ވެސް ވަނީ ނައްތާލާފަ އެވެ. ދުންފަތުގެ ބާވަތްތަކުގެ ތެރެއިން 3 ކާޓޫނު ސިގިރެޓް ވެސް ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެ އެވެ.

މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވޭޕް އަދި ވޭޕް ކާޓްރިޖްގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ. މިފަދަ ތަކެތި ނައްތާލުމުގެ މަސައްކަތަކީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ގަވާއިދުން ކުރިއަށް ގެންދާ ކަމެއް ކަމަށް ފުލުހުން ހާމަކުރެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ