އައިޖީއެމްއެޗް ނާސިން ސްޓޭޝަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާއަށް ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ. އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވަނީ ވަކީލަކު އައްޔަނުކުރަން ބޭނުންވާކަމަށް ބުނުމުންނެވެ.
މި މީހާގެ މައްޗަށް ތުހުމަތު ކުރަނީ އައިޖީއެމް ހޮސްޕިޓަލްގެ ނާސިން ސްޓޭޝަނަކުން ވައްކަން ކުރިކަމަށެވެ. މީނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ސީސީޓީވީ ފުޓެޖް ސްނެޕްޝޮޓް ހުށަހަޅާފައިވެ އެވެ.
މި މައްސަލއަިގައި ހައްުޔަރު ކުރި މީހާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.



