ޖަލުތަކުގައި ތިބޭ ގައިދީން ކުރާ ސްކޫމް ކޯލްތައް ރިޕޯޓު ކުރެވޭނެ ލިންކެއް ތައާރަފުކޮށްފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނެފައިވަނީ، ޖަލުގައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅާ، ގާނޫނާ ގަވައިދާ ހިލާފު އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން މިފަދަ ކޯލްތައް ރިޕޯޓު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.
ސްކޭމް ކޯލްތައް ރިޕޯޓު ކުރުމަށް ޚާއްސަ ލިންކް: http://one.gov.mv/entities/MCS
ހޯމްލޭންޑް މިނިސްޓްރީން ވަނީ، ޖަލުތަކުން ކުރާ ކޯލެއްކަމަށް ޝައްކުކުރެވޭނަމަ، މި ލިންކަށް ވެންނެވުމަށްފަހު ގުޅި ނަންބަރުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފަ އެވެ.
މިފަހަކަށް އައިސް ސްކޭމްގެ މައްސަލަތައް އިތުރުވެފައިވާއިރު، އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.
މާފުށި ޖަލު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް


