މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް މަސައްކަތްކުރާކަމުގެ އިހުސާސް މިއަދުކުރެވޭނެ: މިނިސްޓަރ

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތްކުރާ ކަމުގެ އިހުސާސް މިއަދު ރައްޔިތުންނަށް ކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހަބަރާއި، ޑްރަގްގެ ބޮޑެއް ބަންދުން ދޫކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަކިކުރަން މަޖިލީހުން ފާސްކުރި ޚަބަރު ހިއްސާ ކުރައްވަމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި މިނިސްޓަރ ވިދާޅުވެފައި ވަނީ، މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މިއަދު މުޅި ދައުލަތް ތެދުވެ، އެއް ރޫހެއްގައި މަސައްކަތް ކުރަން ފަށާފައިވާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭނެ ކަަމަށެވެ. އަދި މިކަމުގައި ފުލުހުންނާއި ވަކީލުންނާއި ފަނޑިޔާރުގެ ވެސް ހިމެނޭހެން އެންމެން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށާއި، އެ ބޮޑު ބަދަލު ގެނެވުނީތީ ދިވެހި ރައްޔިތުންނާއި ފުލުހުންގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމުމަކީ މި ވަގުތަށް ވަރަށް މުހިންމު ނިންމެވުމެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވިއިރު، ކްރިމިނަލް ކޯޓުގެ ގާޒީއެއްކަމުގައިވާ ފާއިޒް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. ގާޒީ ފާއިޒް މަގާމުން ވަކިކުރުމަށް ނިންމީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލި މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށްފަހު އެވެ.

މީގެ އިތުރުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ދެވޭނީ ވަކި ބަރުދަންތަކެއް ހިމެނޭ މައްސަލަތަކުގައި ތިން ހާލަތަކަށް ފެތޭނަމަ އެވެ. އެއީ:

  • 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުން،
  • 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމުގައިވުން،
  • ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން

ބިލްގައި ބަޔާންކޮށްފައިވާ ގޮތުން، މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެކަންޏެވެ. އަދި މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ ކަމަށް ވެސް ބިލުގައި ބަޔާންކުރެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މަސްތުވާތަކެތި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ