އެމްއެޗް370 އިން ގެއްލުނު މީހުންގެ އާއިލާތަކަށް ބޮޑު ބަދަލެއްދޭން ޗައިނާގެ ކޯޓަކުން ހުކުމްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބެއިޖިންގގެ ކޯޓަކުން، ގެއްލިފައިވާ ފްލައިޓް އެމްއެޗް370ގައި ތިބި އަށް ފަސިންޖަރުންގެ އާއިލާތަކަށް ބަދަލު ދިނުމަށް މެލޭޝިއާ އެއަރލައިންސްއަށް އަމުރުކޮށްފި އެވެ.

ކޮންމެ އާއިލާއަކަށް 2.9 މިލިއަން ޔުއާން (307,571 ޕައުންޑް) ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި ބަދަލުގައި ހިމެނެނީ މަރުގެ ބަދަލު، ކަށުކަމާކެމީގެ ޚަރަދު އަދި ނަފްސާނީ ތަކްލީފަށް ދޭ ބަދަލެވެ. ފަސިންޖަރުން އަދިވެސް ނުފެނުނު ނަމަވެސް، 2014 ވަނަ އަހަރު ފްލައިޓް ގެއްލުމަށް ފަހު، އެމީހުން ވަނީ ރަސްމީކޮށް މަރުވެފައިވާކަމަށް ކަނޑައަޅާފަ އެވެ.

މެލޭޝިއާގެ ކުއަލަލަމްޕޫރުން ޗައިނާގެ ބެއިޖިންގއަށް ދަތުރުކުރަނިކޮށް 239 މީހުންނާއެކު އެމްއެޗް370 ގެއްލުނީ އެވިއޭޝަންގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އަދި އެންމެ އޮޅުން ބޮޅުން ބޮޑު އެއް ހޯދުމުގެ އޮޕަރޭޝަނަށް މަގުފަހިކުރަމުންނެވެ. އިންޑިއާ ކަނޑުގެ ވަރަށް ބޮޑު ސަރަހައްދެއްގައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ފްލައިޓުގެ މައިގަނޑު ބައިތައް އަދިވެސް ހޯދިފައެއް ނުވެ އެވެ. ފްލައިޓުގައި ތިބި ގިނަ ފަސިންޖަރުންނަކީ ޗައިނާގެ ރައްޔިތުންނަށް ވުމާއެކު، ޗައިނާގެ ގިނަ އާއިލާތަކުން ދަނީ މި ހާދިސާގެ ޖަވާބު ހޯދުމަށް އެދެމުންނެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި އިތުރު 23 ބަދަލު ހޯދުމުގެ މައްސަލަ އަދިވެސް ނިމުމެއް ނާދެއެވެ. ނަމަވެސް 47 މައްސަލަ ވަނީ އެއްބަސްވުންތަކުގެ ދަށުން ހައްލުކުރެވިފައި އަދި އެހެނިހެން މައްސަލަތައް ވަނީ އަނބުރާ ގެނެސްފަ އެވެ. މި ނިންމުން އައިސްފައި މިވަނީ މެލޭޝިއާ ސަރުކާރުން މި ފްލައިޓް އަލުން ހޯދުމުގެ މަސައްކަތް ޑިސެމްބަރު 30 ގައި ފަށާނެކަމަށް އިއުލާނުކުރިތާ މާގިނަ ދުވަސްތަކެއް ނުވެ އެވެ.

ފްލައިޓް ފުރިތާ ގާތްގަނޑަކަށް 40 މިނިޓް ފަހުން، ކެޕްޓަން ޒަހާރީ އަޙްމަދު ޝާހް ދިން މެސެޖަކީ “Good night, Malaysian three seven zero” އެވެ. މިއީ ފްލައިޓުން އެންމެ ފަހުން ދިން މުވާސަލާތެވެ. އެއަށްފަހު މާގިނަ އިރުތަކެއް ނުވެ ފްލައިޓުގެ ޓްރާންސްޕޮންޑަރ ހުއްޓުނެވެ. ރާޑަރ ޑޭޓާއިން ފަހުން ދެއްކި ގޮތުގައި ފްލައިޓް ވަނީ މެލޭޝިއާގެ ސަރަހައްދުން ހުޅަނގަށް ވަރަށް ބޮޑަށް އަނބުރާލާފަ އެވެ. ތަޙްޤީޤުކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އެ ފްލައިޓް ވެއްޓިފައިވަނީ އޮސްޓްރޭލިއާގެ ހުޅަނގުން އިންޑިއާ ކަނޑަށެވެ.

މި އަހަރުތަކުގެ ތެރޭގައި ފްލައިޓުގެ ކުދިކުދި ބައިތައް އަތޮޅުތަކުގެ އައްސޭރިފަށަށް ލައްގާފައިވީ ނަމަވެސް، މައިގަނޑު ބައިތައް ނުފެނުމުގެ ސަބަބުން މި ހާދިސާ ގެއްލުނު ސަބަބު ތަޙްޤީޤުކުރާ ފަރާތްތަކަށް އަދިވެސް ކަނޑައަޅާފައެއް ނުވެ އެވެ.

މެލޭޝިޔާ ޗައިނާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ