ސްރީލަންކާ، ތައިލެންޑް، އިންޑޮނޭޝިއާއަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 1000 އިން މައްޗަށް

Advertisement

އެންމެ ފަސް

Advertisement

އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެން ފެން ބޯޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1000 އިން މައްޗަށް އަރާފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ސްރީލަންކާ، ތައިލޭންޑް، އިންޑޮނޭޝިޔާ އަދި މެލޭޝިޔާއަށް ތޫފާނުތައް އަރައި ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް އަންނަނީ ރިޕޯޓުކުރަމުންނެވެ.

ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވިއްސާރައިގެ ސަބަބުން އިންޑޮނޭޝިޔާއިން 604 މީހުން މަރުވެފައިވާއިރު، ސްރީލަންކާއިން 355 މީހުން ވަނީ މަރުވެފަ އެވެ. އަދި ތައިލެންޑުން 176 މީހުން މަރުވި ކަމަށް ރިޕޯޓުކޮށްފައިވާއިރު މެލޭޝިޔާއިން 3 މީހަކު މަރުވިކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އިންޑޮނޭޝިޔާ ގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި 464 މީހުން ގެއްލިފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމަށް އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވާއިރު އެހީ ފޯރުކޮށްދިނުމަށްވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ސްރީލަންކާގައި ތޫފާނުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ، މީހުން ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފަ އެވެ. ވިއްސާރައިގައި ސްރީލަންކާއިން ގެއްލުނު މީހުންގެ އަދަދު 366 އަށް ވަނީ އަރާފަ އެވެ. ސްރީލަންކާގައިވެސް މީހުން ސަލާމަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އިންޑޮނޭޝިޔާ، ތައިލެންޑް އަދި މެލޭޝިޔާއަށް ވިއްސާރަކޮށް ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވަނީ މަދުން ނޫނީ ނުއުފެދޭކަހަލަ ތޫފާނެއް އެސަރަހައްދުގައި އުފެދުމުންނެވެ.

އިންޑޮނޭޝިއާ މޫސުން ގޯސްވުން މެލޭޝިޔާ ތައިލެންޑް ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ