ވިއްސާރައިގެ ސަބަބުން އިންޑޮނޭޝިޔާއިން މަރުވި މީހުންގެ އަދަދު 900 އިން މައްޗަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑޮނޭޝިޔާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު 900 އިން މައްޗަށް އަރައިފި އެވެ.

ވިއްސާރައިގެ ސަބަބުން އިންޑޮނޭޝިޔާގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ބައެއްގެ ގެދޮރުވެސް ވަނީ ގެއްލިފަ އެވެ. އެގޮތުން 100،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު އެއްކޮށް ހަލާކުވެފައިވާ ކަމަށްވެސް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އިންޑޮނޭޝިޔާގެ ގިނަ ސަރަަހައްދުތަކެއްގައި ފެންބޮޑުވެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޑޮނޭޝިޔާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ސްރީލަންކާ، ތައިލޭންޑް، އިންޑޮނޭޝިޔާ އަދި މެލޭޝިޔާއަށް ތޫފާނުތައް އަރައި ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް އަންނަނީ ރިޕޯޓުކުރަމުންނެވެ. ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އިންޑޮނޭޝިޔާ، ތައިލެންޑް އަދި މެލޭޝިޔާއަށް ވިއްސާރަކޮށް ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވަނީ މަދުން ނޫނީ ނުއުފެދޭކަހަލަ ތޫފާނެއް އެސަރަހައްދުގައި އުފެދުމުންނެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ސްރީލަންކާގައިވެސް ފެންބޮޑުވެ ބިންގަނޑު ކަޑައިގެންދިއުމުގެ ގިނަ ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެ. އެގޮތުން މިހާދިސާތަކުގައި ސްރީލަންކާއިން 600 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އިންޑޮނޭޝިއާ ވިއްސާރަ މެލޭޝިޔާ ސްރީލަންކާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ