ތިނަދޫގައި ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ތައިލެންޑް އަންހެނަކާއި ދިވެއްސެއް އަތުލައިގެންފި

Advertisement

އެންމެ ފަސް

Advertisement

ގދ. ތިނަދޫ ގެއެއްގައި ބަދުއަޚުލާގީ އަމަލު ހިންގަންތިބި ބަޔަކު އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ގދ. ތިނަދޫގައި ފައިސާއަށް ހަށިވިއްކަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ 23:30 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށުގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެކެވެ. ފުލުހުން ބުނެފައިވަނީ މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ ބަދުއަޚުލާގީ އަމަލު ހިންގަމުންދަނިކޮށް ކުށުގެވެށިން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ފިރިހެން މީހާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށާއި އަންހެން މީހާގެ ބަންދަށް ކޯޓުން ހަތަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ އެ ހިދުމަތުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ގދ. ތިނަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ