ފްލައިޓްތައް ކެންސަލްވުމާއި ގުޅިގެން ލަންކާ އެއާޕޯޓްގައި ދިވެހިން ތާށިވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ ކޮލަމްބޯ އެއާޕޯޓްގައި ދިވެހިން ތާށިވެއްޖެ އެވެ.

ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަދި ގަމަށް މިއަދު އަންނަން ހަމަޖެހިފައިވާ ސްރީލަންކަން އެއާލައިންސް ފްލައިޓްތައް ކެންސަލްވެފައިވާއިރު، އޭގައި ދަތުރު ކުރަން ހަމަޖެހިފައިވާ ދިވެހިން ތިބީ އެއާޕޯޓްގައި ތާށިވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭގެ ތެރެއިން ގިނަ މީހުންނަށް އިތުރު ފްލައިޓެއް އަދި ހަމަޖެހިފައިވާ ނުވެ އެވެ. އަދި ރާއްޖެ އައުމަށް ކޮލަމްބޯގައި ޓްރާންސިޓްވި ގިނަ ޓޫރިސްޓުން ވެސް އެ ގައުމުގައި ތާށިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާއި ގޫޅިގެން ”ޖަވިޔަނި“ އަށް މައުލޫމާތު ދެއްވަމުން ހައިކޮމިޝަނަރ މައްސޫދު އިމާދު ވިދާޅުވީ، ވިއްސާރައިގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ އިމަޖެންސީގައި ގުޅުމަށް ހޮޓްލައިންއެއް ހަމަޖެހިފައިވާނެ ކަމަށެވެ.

”ވައިބާ ގުރޫޕްތަކުގަ ދަންނަވާފަ އޮންނާނީ ކަމެއް ދިމާވެއްޖިއްޔާ އަޅުގަނޑުމެންނަށް ހަބަރު ކުރަށްވާށޭ، ދެން ބައެއް ބޭފުޅުންނަށް ފެނާއި ކަރަންޓް ކަނޑައިގެން ގޮސްގެން އެބަ އުޅޭ ތަންކޮޅެއް ދުރު ސަރަހައްދުތަކުން.“ ހައިކޮމިޝަނަރ މައްސޫދު އިމާދު ވިދާޅުވި އެވެ.

ހައިކޮމިޝަނަރ އިތުރަށް ވިދާޅުވީ، މިހާތަނަށް އެހާ ސީރިޔަސް ކަމެއް ދިމާވެގެން ރިޕޯޓް ކޮށްފައިނުވާ ކަމަށެވެ.

ރާއްޖޭގެ އެމްބަސީން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ތޫފާން ”ދީތުވާ“ ގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ އެ ގައުމަށް ރެޑް އެލާޓް ނެރެފައިވާ ކަމަށެވެ.

ރާއްޖެ - ލަންކާ ވިއްސާރަ ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ