ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެއިން އިއްޔެ ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ގެއްލިގެން ހޯދަމުންދިޔަ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) ރޭ ވަގުތެއްގައި އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ޝިބާ ހޯދަން ފުލުހުން އިއުލާންކުރީ މީގެ ދެ ދުވަސް ކުރިން އެކަނި ގެއިން ނުކުމެގެން ދިޔަ ގޮތަށް ގެއަށް ނައިސް ހަބަރެއް ނުވުމުންނެވެ.

ފުލުހުން ބުނީ ހުޅުމާލެ 2 ގަައި ދިރިއުޅޭ ޝިބާ މިދިޔަ ހުކުރު ދުވަހު ފަތިހު 5:55 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާއިން އެ ދުވަހު ރިޕޯޓު ކޮށްފަައިވާ ކަމަށެވެ.

ފުލުހުންނަށް މައުލޫމާތު ލިބުމާ އެކު ކުއްޖާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ގެއްލިގެން ހޯދާ މީހުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ