ލަންކާގަ އުޅޭ ދިވެހިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ހައިކޮމިޝަނުން އިލްތިމާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސްރީ ލަންކާއަށް ބޯކޮށް ވެހެމުންދާ ވިއްސާރައާ ގުޅިގެން އެ ޤައުމުގެ ގިނަ ސަރަހައްދުތަކަށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ޤައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 56 އަށް އަރާފަ އެވެ. އަދި އެ ހާދިސާތަކުގައި 21 މީހަކު ވަނީ ގެއްލިގެން ހޯދަމުންދާ ކަމަށް ލަންކާގެ އިދާރާތަކުން މައުލޫމާތުދެ އެވެ.

މޫސުމީ މި ހާލަތާއި ގުޅިގެން އެ ޤައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ވަނީ ހާއްސަ ކަންތައްތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފަ އެވެ. އޭގެއިތުރުން؛

  • ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭއިރު ބޭރަށް ނުދިއުން
  • ލަންކާގެ މޫސުމާބެހޭ ޑިޕާޓްމަންޓާއި ކާރިސާ މެނޭޖްމެންޓް ސެންޓަރުގެ އެނެމް ފަހުގެ އިރުޝާދުތަކަށް ސަމާލުކަން ދިނުން
  • އެންމެ މުހިންމު ތަކެތި—ފެން، ބޭސް، ލިޔެކިޔުން، ޗާޖުކޮށްފައިވާ މޮބައިލް ފޯނު—ތައްޔާރީ ހާލަތުގައި ބެހެއްޓުން
  • ޕާސްޕޯޓާއި ދަތުރުކުރުމަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެހެއްޓުން
  • ކޯރު، ކައިރީގެ ސަރަޙައްދު، ކުޅި އަދި ފެން ބޮޑުވަމުންދާ ހިސާބުތަކަށް ދިއުމުގައި ސަމާލުވުން
  • ފެންބޮޑުވުމުގެ ނުރައްކާ ކުޑަ ނުވަތަ ރައްކާތެރިކަން ބޮޑު ހިސާބުތަކަށް ބަދަލުވުން

އޭގެއިތުރުން ހައި ކޮމިޝަނުން ވަނީ އެ ޤައުމުގައި އުޅޭ ދިވެހިން އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، ވަގުތުން ދިވެހި ހައި ކޮމިޝަންއާ ގުޅުމަށް އިލްތިމާސްކޮށްފަ އެވެ. ހައި ކޮމިޝަނާއި ގުޅުމަށް:

  • ފޯނު: +94 76 881 6666

  • އީމެއިލް: colombo.consular@foreign.gov.mv

ސްރީ ލަންކާގެ އިދާރާތަކާ ހަވާލާދީ ބީބީސީން ރިޕޯޓުކުރާ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން 21 މީހަކީ ސައިފަތް ހެއްދުމަށް މަޝްހޫރު ބަޑުއްލާ ޑިސްޓްރިކްޓުގެ މީހުންނެވެ. މި ޑިސްޓްރިކްޓަކީ ފެންބޮޑުވުމާއި ބިންގަނޑުކަނޑައިގެން ދިއުމުގެ ނުރައްކާ ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

އެ ތޫފާން ދަތުރުކުރަމުން ދަނީ އިންޑިއާ ދިމާލަށެވެ.

ރާއްޖެ - ލަންކާ ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ