ހުޅުމާލޭ ބާ އިންޖީންގޭގަ އަލިފާނުގެ ހާދިސާއެއް ހިނގައި، މުވައްޒަފަކަށް ފަރުވާދެނީ

Advertisement

އެންމެ ފަސް

Advertisement

މާލެއާއި ހުޅުމާލެ ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަނިކޮށް، އަލިފާނުގެ ހާދިސާއެއްގެ ހިނގައި، ސްޓެލްކޯގެ މުވައްޒަކަށް ފަރުވާދޭން ފަށައިފި އެވެ.

މިއަދު މެންދުރުފަހު 12:00 ހާއިރު ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯން، ޕްލެޓިނަމް ފްލެޓް އޭރިއާ، ހުރަވީ ސުކޫލު އޭރިއާ، ނިރޮޅުމަގު ރެޑްބުލް ޕާކް އޭރިއާ އިންނެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑެން މެދުވެރިވީ، ހުޅުމާލެ ބާ އިންޖީނު ގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންވެ މާލެއާއި ހުޅުމާލެއަށް ކަރަންޓު ދޭން ބޭނުންކުރާ ބައެއް ފީޑަރުތައް ނިވި ކަރަންޓު ކެނޑުނީ ކަމަށެވެ.

އެ މައްސަލަ ހައްލުކުރަން ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މި އަހަރު ތެރޭ މުޅި މާލެއާއި ހުޅުމާލެއިން ދެ ފަހަރެއްގެ މަތިން ކަރަންޓު ކެނޑިފައިވެ އެވެ.

ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ