މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ލ. މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މި މައްސަލަގައި ހައްޔަރުކޮށްފައި ވަނީ ލ. މާވަށު / ލިލީނައިޓް، މުޙައްމަދު ވިޝާހު ޢަލީ (24އ) ކަމަށެވެ.

މި މިހާ ހައްޔަރަށް ގެނެވުނީ، ލ. ފޮނަދޫއިން އިން ލ. މާވަށަށް ދަތުރުކުރާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިގެން، މާވަށު ފުލުހުންގެ އިދާރާއިން މި މަހުގެ 24 ވަނަ ދުވަހު ހިނގި އޮޕަރޭޝަނުގައި އެ ލޯންޗު މާވަށު ބަނދަރަށް ކައިރި ކުރުމުން، އެ ލޯންޗުގެ ތެރެއިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ، ވިޝާހް އެވަގުތު އެ ލޯންޗުގައި އިން ކަމަށާއި، އޭނާ ބަލައި ފާސް ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި 8 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 2.52 ހުންނާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ވިޝާހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ މާވަށު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ