ކުލަގަދަ ހަރަކާތްތަކާއެކު އެލައިޑް ފެސްޓް ފުވައްމުލަކުގައި ބާއްވައިފި

Advertisement

އެންމެ ފަސް

Advertisement

އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނާ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ’އެލައިޑް ފެސްޓް’ގެ ދެވަނަ އައިލެންޑް ކޮމިއުނިޓީ ހަރަކާތް ފުވައްމުލަކުގައި ކާމިޔާބުކަމާއެކު ބާއްވައިފި އެވެ.

އެލައިޑުން ބުނެފައިވާ ގޮތުގައި، މި ސިލްސިލާގެ ދަށުން މީގެ ކުރިން ވެސް ދެ ހަރަކާތެއް ވަނީ ބާއްވާފަ އެވެ. އެގޮތުން 10 މެއި 2025 ގައި ކުޅުދުއްފުށި ސިޓީގައާއި 20 ޖޫން 2025 ގައި އައްޑޫ ސިޓީގައި ވަނީ މިފަދަ ހަރަކާތްތަކެއް ބާއްވާފަ އެވެ. މި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ގުޅުން ބަދަހިކޮށް، އިންޝުއަރެންސްގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމަށް އެލައިޑުން ކުރާ މަސައްކަތުގެ ބައެކެވެ.

އޯގަސްޓް 29 ވަނަ ދުވަހު ފުވައްމުލަކުގައި ބޭއްވި މި ހަރަކާތުގައި 3،000 އަށްވުރެ ގިނަ އާއިލާތަކުން ބައިވެރިވެފައިވާ ކަމަށް އެލައިޑުން ހާމަކުރެ އެވެ. މި ފެސްޓްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ރޭވިފައިވާ ގިނަ ކުޅިވަރު ހަރަކާތްތަކުގެ އިތުރުން، 10 އަށްވުރެ ގިނަ ކާބޯތަކެތީގެ ސްޓޯލްތައް ވެސް ވަނީ ބަހައްޓާފަ އެވެ. މިކަމުގެ ސަބަބުން މި ހަރަކާތް ވަނީ ބައިވެރިވި ހުރިހާ އާއިލާތަކަށް ވެސް ވަރަށް ބޮޑު މަޖާ އާއި ހިތްހަމަޖެހުން ގެނެސްދީފަ އެވެ.

މި ހަރަކާތް ކާމިޔާބު ކުރުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް އެލައިޑް އިންޝުއަރެންސްއިން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފަ އެވެ. އެގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ރެކްރިއޭޝަން ޔުނިޓާއި، ފުވައްމުލަކުގެ ޕްރީސްކޫލްތަކާއި ޕްރިންސިޕަލުންނާއި، އަދި މުޅި ފުވައްމުލަކު ރައްޔިތުންގެ އެއްބާރުލުމަށް އެލައިޑުން ވަނީ ޝުކުރު ދަންނަވާފަ އެވެ. އެލައިޑް ފެސްޓްގެ މިފަދަ ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވުމަށް އެ ކުންފުނިން ދަނީ ރާވަމުންނެވެ.

އެލައިޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ