އެލައިޑްއަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބައިސްކަލް ރޭހެއް ބާއްވައިފި

Advertisement

އެންމެ ފަސް

Advertisement

އެލައިޑް އިންޝުއަރެންސްއަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ކުންފުނިން ޚާއްސަ ބައިސްކަލް ރޭހެއް ކާމިޔާބުކަމާއެކު ބާއްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސެންޓްރަލް ޕާކުގައި ”އެލައިޑް ބައިސްކަލް ރޭސް“ ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ބައިކް މޯލްޑިވްސް އާއި ގުޅިގެން ހިންގި ރޭހެކެވެ. މި ރޭހުގައި ތިން އުމުރުފުރާ އެއްގެ ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެފައިވެ އެވެ.

މި ރޭހުގެ ބައިވެރިންގެ ތެރެއިން ކަނޑައަޅާފައިވާ ވަގުތުގައި ރޭސް ނިންމި ހުރިހާ ފަރާތްތަކަށް މެޑެލް ހަވާލުކޮށްފައިވެ އެވެ. މީގެ އިތުރުން، ރޭސް ނިންމި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމު ވަނީ ދީފަ އެވެ. އެގޮތުން 7000 ރުފިޔާ، 5000 ރުފިޔާ އަދި 2000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފަ އެވެ.

އެލައިޑް އިންޝުއަރެންސް އިން ބޭއްވި ބައިސްކަލު ރޭހުގެ ތެރެއިން — ފޮޓޯ: އެލައިޑް

މި ހަރަކާތަކީ އެލައިޑުން ހިންގާ ސީއެސްއާރު އިނީޝިއޭޓިވް ކަމަށްވާ ”ގްރީން ފޯރ ގުޑް“ގެ މަޤްސަދުތައް ވެސް ހާޞިލުވި ކާމިޔާބު ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ރޭހުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ކުންފުނީގެ އިސްވެރިންނާއި ބައިކް މޯލްޑިވްސްގެ ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ފަޒްލާ ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ބައިކް މޯލްޑިވްސްގެ ފަރާތުން އަހުމަދު ހަސަން ދީދީ ބައިވެރިވެވަޑައިގެންނެވިއިރު، އެލައިޑް އިންޝުއަރެންސްގެ ފަރާތުން އެ ކުންފުނީގެ ޗީޕް އަންޑާ ރައިޓިން އޮފިސާ އިއުލިއާނާ ރުސެއި އާއި ޖެނެރަލް މެނޭޖަރު ނަސްރަތު މުހައްމަދު ވަނީ ބައިވެރިންނަށް މެޑެލް ހަވާލުކޮށްދެއްވާފަ އެވެ.

އެލައިޑް އިންޝުއަރެންސް އިން ބޭއްވި ބައިސްކަލު ރޭހުގެ ތެރެއިން — ފޮޓޯ: އެލައިޑް

ރޭހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފުލުހުން ހަރަކާތްތެރިވެފައިވާއިރު، މޯލްޑިވްސް ރެޑް ކްރެސެންޓުން ވެސް މި ހަރަކާތުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނެވެ. ގިނަ ބައެއްގެ ތަރުހީބު ލިބުނު މި ރޭސް ވަނީ އެލައިޑް އިންޝުއަރެންސްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ފާހަގަ ކުރެވިފަ އެވެ.

އެލައިޑް އިންޝުއަރެންސްއަށް 40 އަހަރު ފުރޭ މި އަހަރު، އެ ކުންފުނިން ދަނީ މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި އިޖުތިމާޢީ ގުޅުން އާލާކުރުމުގެ މަޤްސަދުގައި ޚާއްސަ އަދި ތަފާތު އެކި ޙަރަކާތްތައް ހިންގަމުންނެވެ.

އެލައިޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ