ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ބިންވެރިޔާ ސްކީމުގެ ދަށޫން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޮރުކޮށްދިނުމަށް ހިއްކަން ނިންމާފައިވާ ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު، މިއަދު އަލުން ފަށައިފި އެވެ.

މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަން ކުޑަކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ 35 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު އަލުން ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކެބިނެޓުގެ ވަޒީރުން ވަނީ އެ ސަރަހައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައި، މައުލޫމާތު އޮޅުން ފިލުއްވައިފަ އެވެ. ރައީސްގެ އަރިހުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ އުޅަނދު. — ފޮޓޯ: ޖަވިޔަނި

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ސަރުކާރުން ނިންމާފައިވަނީ 63 ހެކްޓަރުގެ ބިން ހިއްކުމަށެވެ. މި މަސައްކަތް މީގެ ކުރިން ފަށައިގެން ބޮޑު ބައެއް ހިއްކި ނަމަވެސް ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ފެށުމުން މި މަސައްކަތް ވަނީ މަޑު ޖެހިފަ އެވެ. މަސައްކަތް މަޑު ޖެހުނު އިރު 28 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފަ އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވިއުކޮށް ނިމުމާއެކު އާ މާސްޓާ ޕްލޭނާ އެއްގޮތަށް މިއަދުން ފެށިގެން މަސައްކަތް އަލުން ފަށާ ބާކީ އޮތް 35 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު އަލުން ފެށުމާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތައް އެ ކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިން ހިއްކުން ބިންވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ