ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމުގެ އިސްލާހު ތަސްދީގު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަން އިކޮނޮމިކް ޒޯން ކަނޑައެޅުމަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ، 2025 ނޮވެންބަރު 5 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ރައީސް މި ބިލު ތަސްދީޤުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި، އެ ޒޯނާގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ.

މި އިސްލާހުގައި ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ބުނެފައިވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި އެސްއީޒެޑް ގާނޫނުގައި ބަޔާންކޮށްފައިވާ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރެވޭ ލާޖް ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭގޮތުން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށެވެ.

ސަސްޓެއިނަބަލް ޓައުންޝިޕްއެއް ތަރައްގީކުރުމަށް ހުއްދަ ދެވޭނީ އެ ޒޯންގައި ކުރާ އިންވެސްޓްމަންޓަކީ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށްވާނަމަ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެތަނަކީ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޒޯނަކަށް ވާންވާނެ ކަމަށް ބުނެފައިވެ އެވެ.

މި ބިލުގައި، އެފަދަ ޒޯނެއްގައި ޑިވެލޮޕަރަށް ނުވަތަ އެފަދަ ޒޯނެއްގެ އިންވެސްޓަރުންނަށް ލިބިދެވޭ ޚާއްޞަ ޢިނާޔަތްތައް ވެސް ވަނީ ހިމަނާފަ އެވެ. މި އިޞްލާޙުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެ، ސަސްޓެއިނަބަލް ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ