މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައި އިދާރާ މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މި އިދާރާ ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި އިދާރާ ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާފަ އެވެ.
މި އިދާރާ ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙުސައިން ޒަރީރާއި، ކަރެކްޝަންސްގެ އިސްވެރިންނާއި އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
15 ސެކްޝަން ހިމެނޭ މި އިދާރާ ގާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ. މި އިމާރާތަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ. 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި މި އިމާރާތުގައި އެމްސީއެސް ހެޑްކުއަރޓަރސްގެ 15 ސެކްޝަން އަދި ޑިވިޜަނާއި ކޮމާންޑް ހިމެނޭހެން، 170 އަށްވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތް ކުރައްވާނެ އެވެ.
މީގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓާސް ހިންގަމުން ގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
