ބީއެމްއެލްއިން ދޫކުރި ލޯނުގެ އަދަދު 23.7 ބިލިއަނަށް، މިއަހަރު އެކަނިވެސް 6.5 ބިލިއަން

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ދޫކުރި ލޯނުގެ އަދަދު 23.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.

މި އަހަރުގެ ތެރޭގައި އެކަނިވެސް ބީއެމްއެލްއިން ވަނީ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ. މި އަދަދުތަކުން ދައްކުވައިދެނީ ގައުމީ ތަރައްގީއަށް ބޭންކުން ކުރަމުންދާ ބޮޑު ހިއްސާއާއި، ރާއްޖޭގެ އެކި ދާއިރާތަކަށް ދެމުންދާ އެހީތެރިކަންކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބޭންކުން މިހާތަނަށް އެކި ދާއިރާތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތަފާސްހިސާބުތައް، ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ހުރި ޖުމްލަ އަދަދުތަކަށް ބަލާއިރު، އެންމެ ބޮޑު ހިއްސާއެއް އޮތީ ޓޫރިޒަމް ދާއިރާއަށެވެ. އެގޮތުން، ޓޫރިޒަމަށް 8.71 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އަމިއްލަ ފަރުދުންނަށް 5.34 ބިލިއަން ރުފިޔާ އަދި ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް 5.09 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް 2.40 ބިލިއަން ރުފިޔާ، ވިޔަފާރިތަކަށް 1.04 ބިލިއަން ރުފިޔާ އަދި އެހެނިހެން ދާއިރާތަކަށް 1.11 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ތަރައްގީއާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭންކެއް ކަމުގައިވާއިރު، ގައުމީ ތަރައްގީގައި ގައުމީ ބޭންކުގެ ހިއްސާ ވަރަށް ބޮޑުކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްއިން އިން ވަނީ އެ ބޭންކުން އަމަލުކުރަމުންދަނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ ހަރުދަނާ ގަވަރނަންސް އުސޫލުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށް ބުނެފަ އެވެ.

ބީއެމްއެލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ