ކާރެއް ކޮންޓްރޯލް ނުވެ ފިހާރައެއްގެ ބިއްލޫރިގަނޑަށް، މީހަކަށް އަނިޔާ އެއް ނުވޭ: ފުލުހުން

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 6:00 ހާއިރުގަ އެވެ. މި ހާދިސާގައި ހުޅުމާލޭ ފޭސް އެކެއްގެ ނިރޮޅުމަގުން ދުއްވާފައިދިޔަ ކާރެއް ކުރިމަތިން އައި ކާރަކުން ނައްޓައި ދާން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ ވަނީ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ ފިހާރައެއްގައި ޖެހިފަ އެވެ.

އެއްވެސް މީހަކަށް މި އެކްސިޑެންޓުގައި އަނިޔާވެފައި ނުވާއިރު މި އެކްސިޑެންޓާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ހާދިސާގައި ހައްޔަރު ކުރި ދެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީސް މީޑީޔާގައި އާންމުވެފައިވާ މި ހާދިސާގެ ވީޑިޔޯތަކުން ރަތްކުލައިގެ ކާރެއްގެ އެއްބައި ފިހާރައަކަށް ވަދެފައިވާތަން ފެނެ އެވެ.

ހުޅުމާލެ އެކްސިޑެންޓް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ