ވ. އަތޮޅު ފަރަކަށް ބޯޓެއް އަރައިފި، ބޯޓުގެ ބޮޑުގައި އޮތީ އަޑީގައި

Advertisement

އެންމެ ފަސް

Advertisement

އިއްޔެ ވ. ފެލިދޫ ކައިރިއަށް ފަރަށް އަރާފައިވާ ބޯޓުގެ ބޮޑު ބައި އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ފެލިދޫ ކައިރިއަށް ފަރަށް އެރީ ފަހި ރޯޅި ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓު ދަތުރުކުރަމުން ދިޔައީ މުދާ ބަރުކޮށްގެން މާލެއިން ގދ. ފަރެސްމާތޮޑާ އަށެވެ.

ބޯޓު ފަރަށް އަރައި ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ ބޯޓުގެ ބޮޑުބައި އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.

އެ ބޯޓުގައި ދަތުރުކުރަމުން ދިޔައީ ޖުމްލަ 12 މީހުންނެވެ. އެއީ ހަ ދަތުރުވެރިން، ކެޕްޓަން، ބޯޓުގެ ވެރިފަރާތް، ހަތަރު ބިދޭސީ ފަޅުވެރިންނެވެ. އަދި އެ މީހުން ފުލުހުންގެ އެހީތެރި ކަމާއެކު ވ. ފެލިދޫ އަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ހާދިސާ ހިނގި ގޮތް ފުލުހުން އަންނަނީ ބަލަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ