12 ރަށެއްގައި 725 ހައުސިން ޔުނިޓު އަޅަން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގެ 12 ރަށެއްގައި ޖުމްލަ 725 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތްތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

މިއީ ރާއްޖޭގެ 57 ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމަވާފައިވާ ބޮޑު ޕްލޭނުގެ މުހިންމު ބައެކެވެ. މި ހައުސިން މަޝްރޫތަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވަނީ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ބޯހިޔާވަހިކަން ހިމެނޭގޮތަށް ޖުމުލަ 9 ދާއިރާއަކުން މަޝްރޫއުތައް ހަވާލުކޮށްފައިވެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި ދައުރު ނިމޭއިރު އަމިއްލަ ގެދޮރުގެ ޔަގީންކަން ނެތް އެއްވެސް ރައްޔިތެއް ނެތުމެވެ. ރައީސް މުޢިއްޒުގެ ތަޞައްވުރުގައި 20 އަހަރުގެ ތެރޭގައި 65،000 ގެދޮރުގެ ޔަގީންކަން ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް ވަނީ ހިމެނިފަ އެވެ. މި މަސައްކަތްތަކުގެ ތެރެއިން ލޯނު ނަގައިގެން ގެދޮރު ބިނާކުރުމުގެ ފުރުޞަތުވެސް ވަނީ ރައްޔިތުންނަށް ހުޅުވާލާފަ އެވެ.

މިހާރު ހަވާލުކުރެވުނު 725 ހައުސިން ޔުނިޓްގެ މަސައްކަތްތަކުގައި ހިމެނެނީ 25 ޔުނިޓް، 50 ޔުނިޓް، 75 ޔުނިޓް އަދި 100 ޔުނިޓްގެ މަޝްރޫޢުތަކެވެ. މި މަޝްރޫޢުތައް ހަވާލުކުރެވުނު ކުންފުނިތަކުގެ ތެރޭގައި ގްލެޓް އިންވެސްޓްމަންޓްސް، އަލްޓެކް މޯލްޑިވްސް، އޮކްސްރޯ، މިމްސް ކޮންސްޓްރަކްޝަން، ވޭވްލެންތް، ސްވިފްޓު އިންޖިނިއަރިން، އަލާފް ޕްރައިވެޓް ލިމިޓެޑް، ވައިޓް ލިންކްސް އަދި ފްލެކްސިންކް ހިމެނެ އެވެ.

މަޝްރޫޢުތައް ހަވާލުކުރެވުނު ރަށްތަކުގެ ތަފްސީލު:

  • 100 ޔުނިޓް: ޅ. ނައިފަރު، ލ. ގަން، ލ. ފޮނަދޫ
  • 75 ޔުނިޓް: ބ. އޭދަފުށި
  • 50 ޔުނިޓް: އއ. އުކުޅަސް، މ. މުލައް، ގދ. މަޑަވެލި، ގދ. ގައްދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ
  • 25 ޔުނިޓް: ދ. މީދޫ، ގއ. ވިލިނގިލި

މި މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަމިއްލަ ކުންފުނިތަކާ ސަރުކާރުން މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ދުވަސްތެރޭ ފަށަން ޖެހޭނެކަމަށާއި، މަސައްކަތުގެ އުޖޫރައަށް ވާ ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ