ވިޒިޓް މޯލްޑިވްސްގެ ވިޒިބިލިޓީ ކެމްޕެއިން ލަންޑަންގައި ލޯންޗުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ވިޒިޓް މޯލްޑިވްސްގެ ދެ މަސް ދުވަހުގެ ވިޒިބިލިޓީ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގަ ކުރިއަށްގެންދާ މި ކެމްޕޭން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މިނިސްޓަރާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރވެސް ބައިވެރިވެވަޑައިގެންނެވިި އެވެ.

މި ވިޒިބިލިޓީ ކެމްޕެއިންގެ ތެރެއިން ލަންޑަންގެ މަގުތަކުން ރާއްޖޭގެ މަންޒަރު ދައްކުވައިދޭ 100 ޓެކްސީ ފެނިގެންދާނެ މިނިސްޓްރީއިން ހާމަކުރެ އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި ޓޫރިޒަމް މާކެޓުތަކުގެ ތެރޭގައި ހިމެނޭ ޔޫކޭގައި ރާއްޖޭގެ ޤުދުރަތީ ރީތިކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިޝްތިހާރުކުރުމަށް ކުރިއަށްގެންދެވޭ ކެމްޕޭންއެކެވެ.

މި ކެމްޕޭންގެ މައިގަނޑު މަގުސަދަކީ މަންޒިލްތައް ފެންނަ މިންވަރު އިތުރުކޮށް، ދަތުރުވެރިންނާއި، ޓޫރިޒަމްގެ ދާއިރާގެ ޕްރޮފެޝަނަލުންނާއި، މީޑިއާގެ މަންދޫބުން ބައިވެރިކުރުން ކަމަށް މިނިސްޓްރީގެ ޕޯސްޓުގައި ބަޔާންކޮށްފައިވެ އެވެ. މިފަދަ ކެމްޕެއިންތަކަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ