އެމްއެންޑީއެފްގެ އެއާކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް ހިދުމަތްދޭން ރައީސް އަމުރުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެއާކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް އެ ސްޓޭޝަންގެ ހިދުމަތް ދޭން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިފައިންގެ މައްޗަށް އަމުރު ކުރައްވައިފި އެވެ.

ރައީސް މުއިއްޒު ސިފައިންގެ މައްޗަށް މި އަމުރު ކުރެއްވީ މިއަދު ނެރުއްވި ގަރާރެއްގަ އެވެ.

ރައީސް މުއިއްޒުގެ ގަރާރުގައި ވަނީ، މި އެއާ ސްޓޭޝަން ގާއިމު ކުރަނީ ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި ދިވެހި ރާއްޖޭގެ ވައިގެ ސަރަހައްދާއި ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށާއި ދިވެހިރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަން ޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި ގައުމީ އިސްތިރާޖީ ތަރުކީބުތަކާއި ނާގިދު ބިނާރުތައް ވައިގެ މަގުން ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކަމަށެވެ.

ރައީސް މުއިއްޒު މި އަމުރު ސިފައިންގެ މައްޗަށް ކޮށްފައިވަނީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުންނެވެ. އެގޮތުން ގަރާރުގައި ބުނެފައިވަނީ މި އަމުރު ނެރެފައިވަނީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 106 ވަނަ މާއްދާއާއި 115 މާއްދާއާއި ސިފައިންގެ ގާނޫނުގެ 9 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެންޑީއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ