ބަޖެޓް 2026: ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާގެ ބަޖެޓެއް

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސިއްހީ ދައިރާއަށް 8.8 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދެއްވާފައި ވަނީ ސިއްހީ ދާއިރާއަށް ކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަ ކުރަށްވާފަ އެވެ.

މިދިޔަ ބްރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިހަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅާފައިވާއިރު، ބަޖެޓުގައި ސިއްހީ ދާއިރާގެ އެކި ކަންކަމަށް 8.8 ބިލިޔަން ރުފިޔާ ކަނަޑައަޅާފައިވެ އެވެ.

އެގޮތުން ބޭސްފަރުވާގެ އެހީއާއި ސިއްހީ އާލާތްތައް ހޯދުމަށްޓަކައި 1.15 ބިލިޔަން ރުފިޔާވަނީ ހިމަނާފަ އެވެ. އަދި ސިއްހީ ދާއިރާއިން އެކި ދިރާސާތައް ކުރުމަށް 15 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ހޮސްޕިޓަލްގެ ހިދުމަތްތަކަށް 5.16 ބިލިޔަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން، ސިއްހީ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 917 މިލިޔަން ރުފިޔާވެސް ވަނީ ހާއްްސަކޮށްފަ އެވެ. އަދި ހޮސްޕިޓަލް ތަރައްގީކުރުމަށް 430 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެއިތުރުން ސިއްހީ މަރުކަޒުތައް ތަރައްގީކުރުމަށް 232 މިލިޔަން ރުފިޔާ ހާއްސަކޮށްފައިވާއިރު ނަފްސާނީ ދުޅަހެޔޮކަމާއި ރިހިބިލިޓޭޝަނަށް 102 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ސަރުކާރުގެ ފަރާތުން 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާ އެވެ. އަދި ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ބަޖެޓް 2026 މިނިސްޓްރީ އޮފް ހެލްތް ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ