ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ ހުޅުވާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ދިމާވި މައްސަލަ ދެނެގަނެ ވީއެންމެ އަވަހަކަށް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި މި ކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ ފޭސް 1 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސިފްކޯ އަދި ޕޮލްކޯ ހުންނަ ސަރަހައްދުގެ ބައެއް ފީޑަރުތައް ވެއްޓިގެންނެވެ.

މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސްޓެލްކޯއިން ކަރަންޓުގެ ވިއުގާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރެ އެވެ. ކަރަންޓު ކެނޑުމުގެ މައްސަލަތައް ދޭތެރ ެދޭތެރެއިން ހިނގިނަމަވެސް މާގިނަ އިރުތަކެއް ނުވެ ސްޓެލްކޯއިން މައްސަލަ ހައްލުކޮށް ކަރަންޓު ފޯރުކޮށްދެ އެވެ.

ހުޅުމާލެ ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ