އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑިރެކްޓަރު ބާނާޑް އެންޖީއާ އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ތާރިޤު އިބްރާހިމް ބައްދަލުކުރައްވައިފި އެވެ.
އެ މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި މިހާރު އެ ބޭންކާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ ބިނާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ތޯރިގު ވަނީ ޑިރެކްޓަރު އެންޖީ އާއި މަޝްވަރާކުރައްވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި މަޝްވަރާތަކުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެ ބޭންކުން ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމެވެ.
އޭޑީބީ އަކީ ރާއްޖޭގެ ތިމާވެއްޓާއި ކްލައިމެޓް ޗޭންޖްގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ބޭންކުތަކުގެ ތެރޭގައި ހިމެނޭ ބޭންކެކެވެ. އެގޮތުން، ތިމާވެށީގެ ދާއިރާ އިން ރާއްޖޭގައި ކުރިއަށް ގެންދާ އެތައް މަޝްރޫއުތަކަކަށް ވަނީ ފަންޑުކޮށްދީފަ އެވެ. މީގެ ތެރޭގައި ޤައުމީ ފެންވަރުގައި ހިންގާ ކުނި މެނޭޖުކުރުމުގެ މުހިންމު ޕްރޮޖެކްޓްތައް ހިމެނެ އެވެ.
ޚާއްސަކޮށް، ރާއްޖޭގައި އިއާދަ ކުރަނިވި ހަކަތައިގެ މަޝްރޫއުތައް ފުޅާކުރުމުގައި އޭޑީބީގެ ދައުރު ވަރަށް މުހިންމެވެ. އެ ބޭންކުގެ އެހީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިރުގެ ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ މަޝްރޫއުތައް ވަނީ ހިންގާފަ އެވެ.
އޭސިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
